މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު – މަސައްކަތު(ވަގުތީ / ވޭޖް އުސޫލުން)

މަސްޖިދުލްއައްވާބީންގައި މިސްކިތު މަސައްކަތު މީހެއްގެ ވަޒީފާ ވޭޖު އުސޫލުން އަދާކުރަމުންދާ މުވައްޒަފެއްގެ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު 25 މެއި 2019ގެ ނިޔަލަށް ހަމަވާތީ، 26 މެއި 2019 އިން ފެށިގެން ދާއިމީ މުވައްޒަފުން ހަމަޖެހެންދެން ނުވަތަ 1 (އެކެއް) އަހަރުގެ މުއްދަތަށް ވަގުތީ (ވޭޖު އުސޫލުން) މަސައްކަތު މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:                މަސައްކަތު (ވަގުތީ / ވޭޖް އުސޫލުން)

ބޭނުންވާ އަދަދު:         1 (އެކެއް)

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން: މަސްޖިދުލްއައްވާބީން (ރ.މީދޫ)

މުސާރަ:               މަސައްކަތްކުރާ ގަޑިއަކަށް ގަޑިޔަކު 45.00 (ސާޅިސް ފަސް) ރުފިޔާ( ދުވާލަކު  5 ގަޑިއިރު)

ޝަރުތު:

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު ނުވަތަ ޤާބިލްކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1.     ކޮންމެ ނަމާދު ވަގުތެއްގެ ކުރިން މިސްކިތާއި އިސްކޫރުބަރި ފޮޅާ ސާފްކުރުން.

2.     ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ކުރިން މިސްކިތް ފޮޅާ، ތަޅުމުގުގައި މޮޕްލުން.

3.     މިސްކިތުގެ ގޯތީތެރެއާއި ވަށައިގެންވާ މަގުތައް ކުނިކަހާ ނޮޅާ ސާފްކުރުން.   

ވަޒީފާއަށް ޤާބިލްފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމީ ސެޓިފިކެޓްތަކާއި، މަސައްކަތުގެ ހުނަރާއި ޤާބިލުކަމަށް ބެލޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި އިންޓަވިއުބޭއްވޭނެއެވެ. އިންޓަވިއުއޮންނާނެ ތަނާއި ގަޑި ޝަރުތު ހަމަވާ ފަރާތްތަކަށް އެންގޭނެއެވެ.

 

ހުށަހަޅުއްވަންޖެހޭ ތަކެތި:

•      ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމް(އެޕްލިކޭޝަން ފޯމް މިއިދާރާގެ ކައުންޓަރުންނާއި ސިވިލްސަރވިސް ކޮމިޝަންގެ ވެބުސައިޓުން ލިބެން ހުންނާނެއވެ.

•      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

•      މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

•      ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

•      ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

•      މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

•      ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

•      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ތަކެތި ހުށަހެޅުމުގެ ސުންގަޑި:

20 މެއި 2019  ވަނަ ދުވަހުގެ  12:00 ގެ ކުރިން. (މިމުއްދަތުގެ ތެރޭގައި މިހާރު ރަސްމީ ދުވަހެއްގެ ގޮތުގައި އޮތް ދުވަހެއް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިނަމަ އެދުވަހަކަށް/އެދުވަސްތަކަށް އިތުރު ދުވަސް ދެވޭނެއެވެ.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:   މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ރ. މީދޫ ކައުންސިލްގެ އިދާރާއަށެވެ.

09 މޭ 2019
ހޯދާ