ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީއަށް މުވައްޒަފަކު ހޯދުމަށް 05 ފެބުރުވަރީ 2019 ގައި ގެޒެޓްގައި ޝާއިރުކުރެވުނު IUL)141-HR/141/2019/31) ނަންބަރުގެ ގެ އިޢުލާން ބާޠިލްކޮށް، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލީމެވެ.
އިޢުލާން: މި މިނިސްޓްރީއަށް މީޑިއާ އޮފިސަރެއްގެ މަޤާމުގައި މަސައްކަތްކުރެއްވުމަށް ކޮންޓްރެކްޓް އުސޫލުން މީހަކު ބޭނުންވެއްޖެއެވެ.
މަޤާމު: މީޑިއާ އޮފިސަރ
ބޭނުންވާ އަދަދު: 1
މަޤާމުގެ ގިންތި: ކޮންޓްރެކްޓް
ސެކްޝަން: މިނިސްޓަރ ބިއުރޯ
މުސާރަ: މަހަކު: 10,000.00ރުފިޔާ
މަސައްކަތުގެ މުއްދަތު: 1 އަހަރު (މީލާދީ)
މަސައްކަތް ކުރަންޖެހޭ ވަގުތު: ދުވާލަކު މަދުވެގެން 8 ގަޑިއިރު (މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރިނަމަވެސް އިތުރުގަޑީގެ ފައިސާއެއް ނުދެވޭނެއެވެ.)
ވަޒީފާ އަދާކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް
މަޤާމުގެ ވާޖިބްތައް އިސްކަންދޭ ތަރުތީބުން:
ޝަރުތު
- މީޑިއާ އާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ
 - މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން 'D' ގްރޭޑް ލިބިފައިވުމާއިއެކު، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
 
ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން 'ޑ' ގްރޭޑް ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއިއެކު، މެނޭޖްމެންޓް / އެޑްމިނިސްޓްރޭޝަން ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
 
ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނޭ ކަންތައްތައް
- މީޑިއާގައި މަސައްކަތްކޮށް މިދާއިރާގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
 - ފޮޓޯގްރަފީ ދާއިރާގައި މަސައްކަތްކޮށް އަދި އެދާއިރާގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
 - ގްރެފިކް ޑިޒައިންކުރުމާއި ވެބްސައިޓް ތައްޔާރުކުރުމުގެ ހުނަރު ލިބިފައިވުން.
 - އިނގިރޭސި އަދި ދިވެހި ބަހަށް ފަރިތަވުން.
 
ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ
- މިނިސްޓަރ އަދި މިނިސްޓްރީގެ ޑިޕާރޓްމެންޓްތަކުން ރާވާ ނިއުސް ބްރީފިންގތަކަށް މީޑިއާގެ ފަރާތްތަކަށް ދަޢުވަތު ފޮނުވާ، އެ އިވެންޓްތަކުގެ އެންމެހާ ކަންތައްތައް ހަމަޖެއްސުން.
 - މިނިސްޓްރީގެ ވަކިވަކި ޑިޕާރޓްމެންޓްތަކުން ރާވާ ހިންގާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު މީޑިއާތަކާއި ހިއްސާކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއިއެކު އެފަދަ ބައެއް ޙާލަތްތަކުގައި މަޢުލޫމާތު ދިނުމަށް އިންޓަރވިއުތަކުގައި ބައިވެރިވުން.
 - އިވެންޓްތަކާއި ގުޅޭގޮތުން މީޑިއާތަކަށް މަޢުލޫމާތުދޭ މުވައްޒަފުންނަށް، މީޑިއާ ދާއިރާގެ ހުނަރު ދަސްކޮށްދިނުމަށް އެދާއިރާގެ ފަންނީވެރިން މެދުވެރިކޮށް ކަންކަން ދަސްކުރެވޭނެގޮތް ފަހިކޮށްދިނުން.
 - މިނިސްޓްރީން ބާއްވާ އިވެންޓްތަކުގެ މަޢުލޫމާތު ދުވަހުން ދުވަހަށް މީޑިޔާއަށް ދިނުމާއި އިވެންޓްތަކުގެ ފޮޓޯތައް ނެގުން.
 - އިވެންޓްތަކުގެ ފޮޓޯތައް އާކައިވްކޮށް ބެލެހެއްޓުން
 - މިނިސްޓްރީގެ ހިގަމުންދާ އިވެންޓްތަކުގެ ޚަބަރު ތައްޔާރުކުރުމާއި ވެބްސައިޓް ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން.
 - ސޯޝަލް މީޑިއާ (ފޭސްބުކް،ޓުވިޓަރ،އިންސްޓަރގްރާމް) އަދި ވެބްސައިޓްއަށް ބޭނުންވާ އިޝްތިހާރުތައް ތައްޔާރުކުރުން.
 - މިނިސްޓަރ ބައިވެރިވެ ވަޑައިގަންނަވާ ދަތުރުތަކުގެ މަޢުލޫމާތު މީޑިއާތަކަށް ހިއްސާކޮށް ފޭސްބުކް އަދި ޓްވިޓަރ އަޕްޑޭޓްކުރުން.
 - މިނިސްޓްރީގެ ފޭސްބުކް އަދި ޓުވިޓާރ އެކައުންޓަށް އަންނަ ސުވާލުތަކަށް ދުވަހުން ދުވަހަށް ޖަވާބުދިނުން.
 - މީޑިއާތަކަށް މަޢުލޫމާތު ދިނުމަށް ތައްޔާރުކުރަންޖެހޭ ނޫސް ބަޔާން، ޕްރެސް ކޮންފަރެންސް އަދި މީޑިއާއަށް މަޢުލޫމާތު ދިނުމަށްޓަކައި ބޭނުންވާނެ ތަފާތު އެކި ރިޕޯޓުތައް ތައްޔާރުކުރުން.
 
ހުށަހަޅަންޖެހޭ ލިޔުންތައް:
- "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯރމް"
 - ވަޒީފާއަށް އެދި ހުށަހަޅުއްވާ ސިޓީ
 - ރާއްޖޭގެ އެއްވެސް މުއައްސަސާއެއްގައި ނުވަތަ ޝަރުޢީ ކޯޓެއްގައި އެއްވެސް މައްސަލައެއް ހިނގަމުންދާނަމަ އެކަން ނުވަތަ ނެތް ކަން އަންގައިދިނުމުގެ ގޮތުން ވަޒީފާއަށްއެދި ހުށަހަޅާ ފަރާތުން ހުށަހަޅުއްވާ ސިޓީ.
 - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
 - ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
 - (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)
 - (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
 
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
- ތަޢުލީމީ ސެޓްފިކެޓް
 - މީޑިއާގައި މަސައްކަތްކޮށް މިދާއިރާގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
 - ފޮޓޯގްރަފީ ދާއިރާގައި މަސައްކަތްކޮށް އަދި އެދާއިރާގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
 - ގްރެފިކް ޑިޒައިންކުރުމާއި ވެބްސައިޓް ތައްޔާރުކުރުމުގެ ހުނަރު ލިބިފައިވުން.
 - ސޯޝަލް މީޑިއާއަށް އަހުލުވެރިވުން
 - އިނގިރޭސި އަދި ދިވެހި ބަހަށް ފަރިތަވުން.
 - ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން.
 - ކަންތައްތައް ޙައްލުކުރުމުގައި ބަސްމޮށުންތެރިކަމުގެ ހުނަރު ހުރުން.
 - ރާއްޖޭގެ ތަފާތު ކަންކޮޅުތަކަށް ދަތުރު ކުރެވޭނެ ފަރާތެއް ކަމުގައިވުން.
 - އިންޓަރވިއުކޮށްގެން
 
ކޮންސަލްޓެންޓް ޢައްޔަން ކުރުމުގައި މާރކްސް ދޭނެ ކްރައިޓީރިއަރ.
ތަޢުލީމާއި ތަމްރީން %50
މަސައްކަތުގެ ތަޖްރިބާ %30
އިންޓަރވިއު %20
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 މެއި 2019 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 3327162 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
އިންޓަރވިއުއަށް ދެންނެވުން.
ވަޒީފާއަށް އެދި ގިނަފަރާތް ތަކަކުން ހުށަހަޅައިފިނަމަ ޝޯރޓްލިސްޓްކޮށް، ގިނަވެގެން 10 ދުވަހުގެ ތެރޭގައި އިންޓަރވިއުއަށް ދެންނެވޭނެއެވެ. އިންޓަރވިއުއަށް ދަންނަވައި އޮންނަ ދުވަހަށް އިންޓަރވިއުއަށް ހާޟިރުނުވެއްޖެނަމަ ފަހުން އިންޓަރވިއުއެއް ނުދެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން:
މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށްގުޅުއްވާނީ 3347316 ނަންބަރު ފޯނަށް ނުވަތަ 3347300 ނަންބަރު ފޯނަށެވެ.
04 ރަމަޟާން 1440
