ދިވެހިރާއްޖެ
`
މުލަކު ސްކޫލް |
|
މުލައް، |
|
ދިވެހިރާއްޖެ |
އިޢުލާން ނަންބަރ:GS166/IUL/2019/006
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. މި ސްކޫލު ޖިމްނޭޒިއަމްގެ ސީލިންގ ކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ސްކޫލު އޮފީހަށް ވަޑައިގެން، 2019 މެއި 9 އިން 2019 މެއި 19 އަށް ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
3. މިބީލަމާއި ބެހޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން، 2019 މެއި 20 ވާ ހޯމަދުވަހުގެ 10:30 ގައި މުލަކު ސްކޫލުގެ އޮފީހުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަންތަކާއި އަދި ކަނޑައެޅިފައިވާ ގަޑީގެފަހުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
4. ބީލަން ހުޅުވުން އޮންނާނީ، 2019 ޖޫން 03 ވާ ހޯމަ ދުވަހުގެ 11:00 ގައި މުލަކު ސްކޫލުގެ އޮފީހުގައެވެ.
5. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މުލަކު ސްކޫލް
ޗާންދަނީމަގު، މުލައް، ދިވެހިރާއްޖެ.
ފޯން: 7952903
އީ-މެއިލް: [email protected]
04 ރަމްޟާން 1440
09 މެއި 2019