ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރުން

c

 

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ

މާމެންދޫ  / ދިވެހިރާއްޖެ

         

ނަންބަރ: (IUL)403-M/403/2019/48

އިޢުލާނު

ވިޔަފާރި ކުރުމަށް ބިން ދޫކުރުމާއި ގުޅޭ:

 

            ބަނދަރުގައި ވިޔަފާރި ކުރުމަށް ބިންދޫކުރުމަށް ޕްލޭން ކުރެވިފައިވާ ބިންތަކުގެ ތެރެއިން 10 ނަންބަރ ބިން، ބީލަމުގެ އުސޫލުން ވިޔަފާރިކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ.

 

     * މަޢުލޫމާތު ދިނުން އޮންނާނީ: 14 މޭ 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި

     * ކޯޓޭޝަން ހުށަހެޅުން އޮންނާނީ: 21 މޭ 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00ގައި

 

           މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑް ނުވަތަ އައިޑީކާޑްގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނި، ޖަމުއިއްޔާ، ޖަމާޢަތްތަކުން ނަމަ ރަޖިސްޓްރީ ކޮޕީއެއް ގެންނަންވާނެއެވެ.

          މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

               03 ރަމަޟާން 1440

          08 މޭ 2019

                                                    ޢަބުދުލް މުޙުސިން މުޙައްމަދު

                                                       ކައުންސިލްގެ ރައީސް

 

08 މޭ 2019
ހޯދާ