ދިވެހިރާއްޖެ
c
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
މާމެންދޫ
ދިވެހިރާއްޖެ
ނަންބަރ:(IUL)403-M/403/2019/46
އިޢުލާނު
ކުޅިވަރުކުޅޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމާއި ގުޅޭ
ކުޅިވަރުކުޅޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށް ފަހު ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
* މަޢުލޫމާތު ދިނުން އޮންނާނީ: 13 މޭ 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި
* ކޯޓޭޝަން ހުށަހެޅުން އޮންނާނީ: 20 މޭ 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00ގައި
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ކޯޓޭޝަން ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑް ނުވަތަ އައިޑީކާޑްގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނި، ޖަމުއިއްޔާ، ޖަމާޢަތްތަކުން ނަމަ ރަޖިސްޓްރީ ކޮޕީއެއް ގެންނަންވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
03 ރަމަޟާން 1440
08 މޭ 2019
ޢަބުދުލް މުޙުސިން މުޙައްމަދު
ކައުންސިލްގެ ރައީސް