ދިވެހިރާއްޖެ
މާލޭ އިރުދެކުނު ފަރާތުގައި ޤާއިމްކޮށްފައިވާ ސްވިމިންގ ޓްރެކް ގައި ސިޑިބަރިއާއިއެކު ފާޚާނާ އާއި ފެންވަރާނެ ވަޞީލަތްތައް ހިމެނޭގޮތަށް ޢިމާރާތެއް ހަދަން ބޭނުންވާތީވެ، މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސަތްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މިޕްރޮޖެކްޓަށް ރަޖިސްޓްރީ ކުރުމާއި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 މެއި 14 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މިއެސޯސިއޭޝަނުގައެވެ. މި ޕްރޮޖެކްޓަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ނުވާވާހަކަ ދަންނަވަމެވެ.
ބީލަން ހުޅުވުން އޮންނާނީ 2019 މެއި 23 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައިމިއެސޯސިއޭޝަނުގައެވެ.
މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20000.00 (ވިހިހާސް) ދިވެހި ރުފިޔާ ހުށަހަޅަންޖެހޭނެއެވެ.
މިޕްރޮޖެކްޓާގުޅޭ ކުރެހުން މިޢިއުލާނާއިއެކު އެޓޭޗްކުރެވިފައި ވާނެއެވެ. ބީލަމުގައި ރަޖިސްޓްރީ ކުރާފަރާތްތަކަށް، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބީލަންފޮތް ދޫކުރާނެވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ޤައުމީ ފުޓްބޯޅަ ދަނޑު
ސަބްނަމް މަގު
ފޯން: 7799339، 9947802
އީ-މެއިލް: [email protected]
3 ރަމަޟާން 1440
08 މެއި 2019