ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ކޭލަކުނު ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމާބެހޭ ޤާނޫނު (ނަންބަރު:4/93) ގެ ދަށުން ޙިމާޔަތްކޮށްފައިވާ ހދ.ކޭލަކުނު ވަގުތީ ގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 12 ފެބްރުއަރީ 2019 ގައި ކުރި މިއިދާރާގެ ނަންބަރު:  226E/PRIV/2019/01 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ހުށަހަޅުއްވާފައި ނުވާތީ އަލުން އިޢުލާނު ކުރީމެވެ. މިކަމަށް ހުޅުވާލެވިފައި މިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުގެ އިތުރުން ހދ.އަތޮޅު، ރަށު ކައުންސިލްގެ އިދާރާތަކަށެވެ.   

ވީމާ، މިއިދާރާއިން އަންގާގޮތެއްގެ މަތިން އެރަށް ބެލެހެއްޓުމަށް އެދޭ ފަރާތްތަކުން، 16 މެއި 2019 ވާ ބްރާސްފަތި ދުވަހުގެ 11:30 ށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 މެއި 2019 ވާ ބުރާސްފަތި ދުވަހު 11:30 ށް މިއިދާރާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

09 މޭ 2019
ހޯދާ