މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އޮޑިޓްކޮށްދޭނެ ފަރާތެއް ހޯދުން

އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި މިމިނިސްޓްރީ އިން ހިންގަމުންދާ މެރިކަލްޗަރ އެންޓަރޕްރައިސަސް ޑިވެލޮޕްމަންޓް (މެޑެޕް) ޕްރޮޖެކްޓްގެ 2018 އަދި 2019 ވަނަ އަހަރުގެ އޮޑިޓްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓްރީ ކުރެވިފައިވާA  ކެޓަގަރީގެ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ ލިޔުންތައް ހުށައަޅަން ވާނެއެވެ.

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަދި ތަޢުލީމީ ސެޓްފިކެޓްތަކާއި ވަނަވަރު
  2. މަސައްކަތައް ކުރިމަތިލާ ފަރާތުގެ ތަޖުރިބާ އިގޭނޭ ލިޔުން
  3. މަސައްކަތުގެ އަގު

މި މަސައްކަތުގެ ތަފްސީލް "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" މި އިޢުލާންއާއި އެއްކަރުދާސްކުރަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، 19 މެއި 2019 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ 3341836 އަށް ގުއްޅުއްވުން އެދެމެވެ.

09 މޭ 2019
ހޯދާ