ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ސްކޫލް
ދިވެހިރާއްޖެ
އޮފީސް އިމާރާތުގެ ކުޑަދޮރުތައް އެލްމިނިއަމް ދޮރަށް ބަދަލުކުރުން!

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އޮފީސް އިމާރާތުގެ ކުޑަދޮރުތައް އެލްމިނިއަމް ދޮރަށް ބަދަލުކުރުން!

  1. މި ސްކޫލްގެ އޮފީސް އިމާރާތުގައި ހުރި ލަކުޑި ކުޑަދޮރުތައް ނައްޓައި އެލްމިނިއަމް ދޮރަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މަސައްކަތްތައް ކޮށްދެއްވުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  2. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  3. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އިހަވަންދޫ ސްކޫލް އޮފީހަށް ދުރުވެ 2019 މެއި 9 އިން 2019 މެއި 19 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 މެއި 19 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  5. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 މެއި 20 ވާ ހޯމަ ދުވަހުގެ 10:00 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ.
  6. ބިޑް ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2019 މެއި 30 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ.
  7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އިހަވަންދޫ ސްކޫލް

އަމީނީމަގު މަގު، ހއ. އިހަވަންދޫ، ދިވެހިރާއްޖެ.

ފޯން:  6500096

އީ-މެއިލް: [email protected]

 

‏3‏ ރަމަޟާން‏ 1440

08 މޭ 2019
ހޯދާ