ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ޅ.ނައިފަރަށް ބަދަލުވި އާއިލާއަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ޅ.ނައިފަރުގައި ގެއެއް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)138-AS6/1/2019/18 (22 އެޕްރީލް 2019) އިޢުލާނުގެ ބިޑް ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ތާރީޙް 2019 މޭ 21 ވާ އަންގާރަ ދުވަހުގެ 11:30 އަށް އިތުރުކުރެވިފައިވާކަން މަޢުލޫމާތަށަޓަކައި ދެންނެވީމެވެ.
މި އިޢުލާނާއި ގުޅިގެން އިޞްލާޙުކުރެވިފައިވާ މަޢުލޫމާތު ކަރުދާސް 2019 މޭ 09 ވާ ބުރާސްފަތި ދުވަހުގެ 10:00 އިން ފެށިގެން 2019 މޭ 20 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2019 މޭ 20 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.