ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕަވަގޭޓް 1.5 ޓަނުގެ ކޮޅުވެއްޓި ޕިކަޕެއް ވިއްކާނޭ ފަރާތެއް ހޯދަން ބޭޏުންވެއްޖެއެވެ.

އިޢުލާނު

މިއިދާރާގެ ނަންބަރު::(IUL)374-C/374/2019/24  (19 މާރިޗް  2019) ގެއިއުލާނާއި ގުޅިގެން ކަނޑައަޅާފައިވާ އަދަދަށް އަންދާސީ ހިސާބު ލިބިފައިނުވާތީ  އެއިއުލާން ބާތިލްކޮށް ޕަވަގޭޓް 1.5 ޓަނުގެ ކޮޅުވެއްޓި ޕިކަޕެއް ވިއްކާނޭ ފަރާތެއް ހޯދަން ބޭޏުންވެއްޖެއެވެ.                

ޕިކަޕާއި ގުޅޭ އިތުރު ތަފްސީލް މައުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި މިއިދާރާއިން މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން 2019 މެއި 02 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑިގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނެންގެވުން އެދެމެވެ.  މިއިއުލާނާއި ގުޅިގެން ބާއްވާ ޕުރީބިޑް މީޓިންގް 2019 މެއި 15 ވަނަ ދުވަހުގެ 13:00 ގައި މިއިދާރާގައި އޮންނާނެއެވެ.

1.5 ޓަނުގެ ޕަވަރގޭޓް  ކޮޅުވެއްޓި ޕިކަޕު ވިއްކުމަށް އެދި ފުރުޞަތު  ހުޅުވާލެވިފައިވަނީ   ވިޔަފާރި   ރަޖިސްޓްރީ   ކުރުމުގެ   ޤާނޫނު  (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި،   އަމިއްލަ   ފަރުދުންގެ  ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިތަކެތި ވިއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަކީ ޖީ.އެސް.ޓީއަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ. މައުލޫމާތު ސާފުކުރާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ އަދި ކުނފުނި ނުވަތަ އިންވެސްޓްމަންޓް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ  ކައުންސިލްގެ މެއިލް [email protected]  އަށް ނުވަތަ  [email protected]  އަށް ފޮނުވަންވާނެއެވެ.

 ވީމާ، 1.5 ޓަނުގެ ޕަވަރގޭޓް ކޮޅުވެއްޓި ޕިކަޕު ވިއްކަން ބޭނުންފުޅުވާ ފަރާތްތަކުން 2019 މެއި 23 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓުން www.fncl.gov.mv ޑައުންލޯޑު ކުރެއްވޭނެއެވެ. އަދި މިއިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.

 ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ފ.ނިލަންދޫ ކައުންސިލް އިދާރާއަށް ބޭނުންވާ 1.5 ޓަނުގެ ޕަވަގޭޓް ކޮޅުވެއްޓި ޕިކަޕު ވިއްކުމަށް އެދި "  މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

24 ޝައްވާލު  1440

30 އޭޕްރީލް   2019                 

30 އޭޕްރިލް 2019
ހޯދާ