ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
1440 ވަނައަހަރުގެ ފިޠުރުޒަކާތް ބަލައިގަތުން
                                1440 ވަނައަހަރުގެ ފިޠުރުޒަކާތް ބަލައިގަތުން 02 ރަމަޟާން 1440 ވާ ހޯމަ ދުވަހުން ފެށިގެން 28 ރަމަޟާން 1440 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހަކު 09:30 އިން 12:00 އަށް މި އިދާރާގައި އޮންނާނެއެވެ.
ފިޠުރުޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި ޢާންމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތަކަށް ބަލައިގެންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުން ހަމަޖެހިފައިވަނީ 2.4 ކިލޯ ހަނޑޫ/ފުށުގެ މިންވަރަށް ފައިސާއިންނެވެ.
- އާދައިގެ ހަނޑުލުން މީހަކަށް 11.52ރ
 - ތައިލެންޑް ހަނޑުލުން މީހަކަށް 43.00 ރ
 - ބާސްމަތީ ހަނޑުލުން މީހަކަށް 52.80ރ
 - ރަތް ހަނޑުލުން މީހަކަށް 60.00ރ
 - އާދައިގެ ފުށުން މީހަކަށް 9.12ރ
 
ފިޠުރުޒަކާތް ދައްކަވަން ވަޑައިގަންނަވާއިރުވަކިލާރީގެކަންތައް ހަމަޖައްސަވައިގެން ވަޑައިގެން ދެއްވުމަށް މިފުރުޞަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
             07 މޭ 2019
            
        
                    ހޯދާ  
                
                