ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފިޠުރުޒަކާތް ބަލައިގަތުން؛
1440 ވަނައަހަރުގެ ރަމަޟާންމަހު ފިޠުރުޒަކާތް، 02 ރަމަޟާން 1440 ވަނަ ދުވަހުން ފެށިގެން 28 ރަމަޟާން 1440 ވަނަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހަކު 09:30 އިން 12:00 އަށް މި އިދާރާއިން ބަލައިގަތުމަށް ހަމަޖެހިފައިވެއެވެ.
ފިޠުރުޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑޫ/ފުށް މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި ޢާންމުކޮށް ކައިއުޅުނު ހަނޑު/ފުށް ބާވަތަކަށް ބަލައިގެންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުން ހަމަޖެހިފައިވަނީ 2.4 ކިލޯ ހަނޑޫ/ފުށް ގެ މިންވަރަށް ފައިސާއިންނެވެ.
- އާދައިގެ ހަނޑުލުން މީހަކަށް 14.00ރ
- ތައިލެންޑް ހަނޑުލުން މީހަކަށް 48.00ރ
- ބާސްމަތީ އާދައިގެ ހަނޑުލުން މީހަކަށް 60.00ރ
- ބާސްމަތީ މޮޅުހަނޑުލުން މީހަކަށް 72.00ރ
- ބާސްމަތީ އެންމެމޮޅު ހަނޑުލުން މީހަކަށް 84.00ރ
- ރަތް ހަނޑުލުން މީހަކަށް 137.00ރ
ފިޠުރުޒަކާތް ދައްކަވަން ވަޑައިގަންނަވާއިރު ވަކިލާރީގެ ކަންތައް ހަމަޖައްސަވައިގެން ވަޑައިގެން ދެއްވުމަށް މިފުރުޞަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
07 މޭ 2019
ހޯދާ