މަޤާމް:
މަޤާމުގެ ގިންތި:
މަޤާމުގެ ރޭންކް:
މަޤާމުގެ ކްލެސިފިކޭޝަން:
ވަޒީފާ އަދާކުރަންޖެހޭ ތަން:
މުސާރަ:
ސާރވީސް އެލަވަންސް:
އެހެނިހެން އެލަވަންސް:
|
މުނިސިޕަލް ސާރވީސް އޮފިސަރ
ވަގުތީ
MS2
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
ލ.ގަމު ކައުންސިލްގެ އިދާރާ
-/6295ރ
-/2000ރ
1. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/900 ރުފިޔާ ލިބޭނެއެވެ.
|
މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ބިމާއިބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ރަށުގެ ލޭންޑްޔޫސް ޕްލޭނާއި ތަޢާރަޟްނުވާ ގޮތުގެ މަތިން ރަށުގެ ބިން ޙަވާލުކުރުމުގެ މަސައްކަތްކުރުން.
- ޢިމާރާތާއި، ގޯތީގެ ރަޖިސްޓްރީ ހެދުމާއިބެހޭ އެންމެހައި ކަންތައްތައް ކުރުން.
- ގޯތީގެ މިން އެޅުމާއި، ގޯތީގެ ރަޖިސްޓްރީ ހެދުން..
- ގޯތިތަކުގެ ރެކޯޑް ބެލެހެއްޓުން.
- ރަށުގައި ހުރި މިސްކިތްތައް ބެލެހެއްޓުމާއި، މިސްކިތްތަކަށް ލިބޭގެއްލުން މަރާމާތުކުރުމާއިބެހޭ ކަންކަން ކައުންސިލް މަޝްވަރާއާއިއެކު ކުރުން.
- ރަށް ޒީނަތްތެރި ކުރުމާއިބެހޭ ކަންތައްތައް އިންތިޒާމް ކޮށްބެލެހެއްޓުން.
- ރަށުގެ މަގުތައް ސާފުކުރުމާއިބެހޭ ކަންތައްތައް ކުރުން.
- ރަށުގެ މަގުމަތީ ބައްތި ދިއްލުމާއިބެހޭ ކަންކަން ހިނގާ ނުހިނގާގޮތް ބަލާ ކަމާއިބެހޭ މަޢުލޫމާތު ރެކޯޑްކޮށް ކައުންސިލަށް ހުށަހަޅާ ރިޕޯޓް ތައްޔާރުކުރުން.
- ގެސްޓްހައުސްތަކާއި، ރައްޔިތުންގެ އެންމެހައި ޢިމާރާތްތައް ޤަވާޢިދާ އެއްގޮތަށް ހުރޭތޯ ބެލުމާއި، އެތަންތަނާއިބެހޭ ރެކޯޑް ބެލެހެއްޓުން.
- ކަނޑުގައި ދުއްވާ އުޅަނދުގެ މަޢުލޫމާތު ބެލެހެއްޓުން.
- އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ ކަންކަންކުރުން
|
މަޤާމުގެ ޝަރުތުތައް:
|
- އާބަން ސްޓަޑީޒް އާގުޅޭ ތައުލީމީރޮނގުން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން އާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- އާބަން ސްޓަޑީޒް އާގުޅޭ ތައުލީމީރޮނގުން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން އާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުން.
ނުވަތަ
- މަޤާމަށް ޝަރުތުހަމަވާ މީހަކު ނުލިބިއްޖެނަމަ، ވަޒީފާއަށް ނަގާނީ މަޤާމަށްއެދި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަސައްކަތަށް އެއްމެ ޤާބިލް ފަރާތެކެވެ.
|
މަޤާމް:
ބޭނުންވާ ޢަދަދު:
މަޤާމުގެ ގިންތި:
މަޤާމުގެ ރޭންކް:
މަޤާމުގެ ކްލެސިފިކޭޝަން:
ވަޒީފާ އަދާކުރަންޖެހޭ ތަން:
މުސާރަ:
ސާރވީސް އެލަވަންސް:
އެހެނިހެން އެލަވަންސް:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
01
ވަގުތީ
GS3
އޮފިސަރ ގްރޭޑް 1
ލ.ގަމު ކައުންސިލްގެ އިދާރާ
-/4465ރ
-/1500ރ
1. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/700 ރުފިޔާ ލިބޭނެއެވެ.
|
މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކައުންސިލްގެ ޖަލްސާތަކުގެ އެޖެންޑާ ތައްޔާރުކުރުން.
- ކައުންސިލްގެ ބައްދަލުވުންތައް އިންތިޒާމުކުރުން.
- ކައުންސިލުން ނިންމާ ނިންމެވުންތަކާއި، ޤަރާރުތައް ޒިންމާދާރު ވެރިޔާއާއި، ޙަވާލުކުރުން.
- ކައުންސިލަރުން ކުރައްވާ ރަސްމީ ދަތުރުތައް އިންތިޒާމުކުރުން.
- އިދާރާއަށް ބޭރުން ލިބޭ ލިޔުންތައް ބަލައިގަނެ އެތަކެތި ހުޅުވައި އެންޓްރީ ސިސްޓަމްގައި ރަޖިސްޓްރީ ކުރުމާއި، މުވައްޒަފުންނާއި ޖެމްސްގެ ތެރެއިން މަސައްކަތް ޙަވާލުކުރުމާއި، އިދާރާއިން ބޭރަށް ފޮނުވަންޖެހޭ ތަކެތި އެތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ކައުންސިލްގެ އަހަރީ ރިޕޯޓާއި، 06 މަސްދުވަހުގެ ރިޕޯޓް ލިޔެ ތައްޔާރުކުރުން.
- އިދާރާއަށް އަންނަ މެހުމާނުން ބަލައިގެން ބައްދަލުކުރަން އަންނަ ފަރާތާއި، ބައްދަލުކުރުވުމުގެ އިންތިޒާމް ހަމަޖެއްސުން.
- ކައުންސިލް އިދާރައިގެ މެއިލް ބެލެހެއްޓުން.
- އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.
|
މަޤާމުގެ ޝަރުތުތައް:
|
- ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން އާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދައްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
ނުވަތަ
މަޤާމަށް ޝަރުތުހަމަވާ މީހަކު ނުލިބިއްޖެނަމަ، ވަޒީފާއަށް ނަގާނީ މަޤާމަށްއެދި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަސައްކަތަށް އެއްމެ ޤާބިލް ފަރާތެކެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:
(ހ) މޯލިޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ތަކުގެ ކޮޕީ.
7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަ ކޮށް ސެޓްފިކެޓް ލިބިފައި ވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ، އަދާ ކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، މަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި،ތަމްރީން 40 އިންސައްތަ
- އިމްތިޙާން 5 އިންސައްތަ
- މަސައްކަތުގެ ތަޖުރިބާ 15 އިންސައްތަ
- ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލްސް) 40 އިންސއްތަ
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 މެއި 2019ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، ލ.ގަމު ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 13 މެއި 2019 އާއި 16 މެއި 2019 އާ ދެމެދު ލ.ގަމު ކައުންސިލް އިދާރާގައެވެ.
|
ޝޯޓް ލިސްޓް ކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|