ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސޭލްސް އެސިސްޓަންޓް

އިޢުލާން

ނަންބަރ: SAM/IUL/2019/03

މަޤާމް:                        ސޭލްސް އެސިސްޓަންޓް

ބޭނުންވާ އަދަދު:                   01

މަޤާމުގެ ގިންތި:                   ވަގުތީ

ވަޒީފާ އަދާކުރަންޖެހޭ ތަން:         ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހެޑްކުއާޓަރސް / ކ.މާލެ

ވަޒީފާ އަދާކުރަންޖެހޭ ވަގުތު:        ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު، ހެނދުނު 09:00 ން 17:00 ށް

މުސާރަ:                       -/5000ރ (ޕްރޮބޭޝަން، ފުރަތަމަ 3 މަހުގައި -/4000)

 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކައުޓް އެސޯސިއޭޝަންގެ ޝޮޕް ހުޅުވައި ލެއްޕުން.
  2. ޝޮޕުން ތަކެތި ވިއްކުން.
  3. ޝޮޕުން ކުރެވޭ ވިޔަފާރީގެ ހިސާބުތައް ބަލަހައްޓައި އެސޯސިއޭޝަނަށް ޙަވާލުކުރުން.
  4. ސްކައުޓް އެސޯސިއޭޝަނަށް އަންނަ ފަރާތްތަކާއި އިޙްތިރާމާއެކު މުޢާމަލާތު ކުރުން.
  5. ސްކައުޓް އެސޯސިއޭޝަނުން ހަވާލުކުރާ އެހެނިހެން މަސައްކަތްތައްކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
  2. ޖީސީއީ އޯލެވަލް އިމްތިޙާނުގައި 'އިނގިރޭސި' އަދި 'ހިސާބު' މި ދެ މާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
  3. މައިކްރޯސޮފްޓް އޮފީސް ބޭނުންކުރަން ރަނގަޅަށް އެނގުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު  (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. 1 މަސް ހަމަނުވާ ޕޮލިސް ރިޕޯރޓް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑީ

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 މެއި 2019 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއެސޯސިއޭޝަންގެ ހެޑްކުއާޓަރސްއަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected]  އެވެ. ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ  އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

05 މޭ 2019
ހޯދާ