ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ތާރީޚާއި ގަޑި ބަދަލުވުން
ފިއުލް ސަޕްލައިސް މޯލްޑިވްސްއިން ދޭ މަޢުލޫމާތާއި އެއްގޮތްވާގޮތަށް، ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެތަކަށް ޑީސަލް ފޯރުކޮށްދޭނޭ ފަރާތްތަކެއް ހޯދުމަށް މިކުންފުނިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، ށ، މ، ފ އަދި ދ އަތޮޅަށް ޑީސަލް ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު FSM-ADV-2019/023އާއި ގުޅޭގޮތުން ދަންނަވަމެވެ.
ބީލަން ހުށަހެޅުމާއި ހުޅުވުމަށް ދެންނެވިފައިވާ 05 މެއި 2019 ވާ އާދީއްތަ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން ބީލަން ހުށަހެޅުމާއި ހުޅުވުން ތިރީގައި ދެންނެވިފައިވާ ތާރީޚާއި ގަޑިއަށް ބަދަލު ކުރެވިފައިވާ ވާހަކަ، ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ބީލަން ހުށަހެޅުމާއި ހުޅުވުން: ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 08 މެއި 2019 ވާ ބުދަ ދުވަހުގެ 11:30 ގައި އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހުގައެވެ.
މައުލޫމާތުގެ ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކާއި، ބީލަން ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެކަމުގައިވެސް ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331457 ނުވަތަ 3331456 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.