ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއަށް ބޭނުންވާ ބައެއް ހަރުމުދާ މިއިދާރާއަށް ވިއްކާނޭ ފަރާތެއް ހޯދުމަށް

އިޢުލާނު

 

މިއިދާރާގެ  ނަންބަރު: IUL)374-C/374/2019/26) ( 20 މާރިޗް 2019) ގެ އިއުލާނާއި ގުޅިގެން ކަނޑައެޅިފައިވާ އަދަދަށް އަންދާސީ ހިސާބު ލިބިފައިނުވާތީ  އެއިއުލާން ބާތިލްކޮށް މިއިދާރާއަށް ބޭނުންވާ ބައެއް ހަރުމުދާ މިއިދާރާއަށް ވިއްކާނޭ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.                    

 

ޢަދަދު

ތަފްޞީލް

ޢަދަދު

ތަފްޞީލް

ޢަދަދު

ތަފްޞީލް

02

ކޮމްޕިއުޓަރ ސިސްޓަމް i7 ގެ

2

ނެޓްވޯކް ޕްރިންޓަރ

3

ފައިލްހަރުގަނޑު (ދަގަނޑު)

01

ކޮމްޕިއުޓަރ ސިސްޓަމް i7 ގެ ޓަޗް

1

ކުލަ ޕްރިންޓަރ

3

ހައިބެކް ޗެއަރ

1

އެއަރކޯން (9000 BTU) ގެ

1

ޑިޖިޓަލް ފޮޓޯކޮޕީ މެޝިން

20

ބާމަރީސެޓް

މިތަކެތީގެ އިތުރު ތަފްސީލް މައުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ފޭސްބުކް ޕޭޖުންނާއި، ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި މިއިދާރާއިން މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން 2019 މެއި 02 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑިގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނެންގެވުން އެދެމެވެ.  މިއިއުލާނާއި ގުޅިގެން ބާއްވާ ޕުރީބިޑް މީޓިންގް 2019 މެއި 16 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގައި އޮންނާނެއެވެ.

މިތަކެތި ވިއްކުމަށް އެދި ފުރުޞަތު  ހުޅުވާލެވިފައިވަނީ   ވިޔަފާރި   ރަޖިސްޓްރީ   ކުރުމުގެ   ޤާނޫނު  (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި،   އަމިއްލަ   ފަރުދުންގެ  ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިތަކެތި ވިއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަކީ ޖީ.އެސް.ޓީއަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ. މައުލޫމާތު ސާފުކުރާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ އަދި ކުނފުނި ނުވަތަ އިންވެސްޓްމަންޓް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ  ކައުންސިލްގެ މެއިލް [email protected]  އަށް ނުވަތަ  [email protected]  އަށް ފޮނުވަންވާނެއެވެ.

 ވީމާ، މަތީގައިވާ ތަކެތި ވިއްކަން ބޭނުންފުޅުވާ ފަރާތްތަކުން 2019 މެއި 21 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓުން www.fncl.gov.mv ޑައުންލޯޑު ކުރެއްވޭނެއެވެ. އަދި މިއިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.

ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "2019 ވަނަ އަހަރު ފ. ނިލަންދޫ ކައުންސިލަށް ބޭނުންވާ ކެޕިޓަލްތަކެތި ވިއްކުންއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

24 ޝައުބާން  1440

30 އޭޕްރީލް   2019                 

30 އޭޕްރިލް 2019
ހޯދާ