ސިވިލް ކޯޓު
ދިވެހިރާއްޖެ
"ހޮންޑާ" ބްރޭންޑްގެ ކާރު ވިއްކާލުން

 

އިޢުލާން

"ހޮންޑާ" ބްރޭންޑްގެ ކާރު ވިއްކާލުން

ނީލަން ކިޔޭ ބޭނުން: ސިވިލް ކޯޓުުގެ ނަންބަރު 1882/Cv-C/2017 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން

ބާވަތް: “ ހޮންޑާ"

ނަން: ކާރު

ރަޖިސްޓްރީ ނަންބަރު:  (ABIA P6529) (BIA6529)(01 ޖުލައި 2010)

މޮޑެލް ނަންބަރ: DBA-GE6

ޗެސިސް ނަންބަރ: GE6-1379892

ވެރިފަރާތް: ފ. ނިލަންދޫ / އަސަރީގެ އަޙްމަދު ޝަފާޒް (އައިޑީކާޑް ނަންބަރ A111943)

ރަޖިސްޓްރީކުރި ތާރީޚް: 01 ޖުލައި 2010

އިންޖީނުގެ ތަފްޞީލް:

މޯޓަރ އުފެއްދި ކުންފުނި: HONDA

މޯޓަރ ސީރިލް ނަންބަރ:  JF363E-0027862

މޯޓަރ ކެޕޭސިޓީ: 1330.00

ދުއްވާފައިވާ ކިލޯމީޓަރ: -

އަހަރީ ފީގެ މުއްދަތު: 2018 ޑިސެމްބަރ

އިންޝުއަރރެންސް: 2018-10-18

ނީލަމުގެ ތަފްޞީލް:

ނީލަން ފެށޭ އަގު: ނީލަން ފެށޭނީ 55,000/-ރ. (ފަންސާސްފަސްހާސް ރުފިޔާ)

ސިޓީލުމުގެ މުއްދަތު: 12 މެއި 2019 އިން ފެށިގެން 16 މެއި 2019ގެ 14:30 ގެ ކުރިން

ކާރު ބެލުމުގެ އިިންތިޒާމް ހަމަޖެހިފައިވާ ތާރީޚްތައް: 02 މެއި 2019 އިން 09 މެއި 2019ގެ 08:30– 18:00އާއި ދެމެދު ކާރު ބެލުމުގެ އިންތިޒާމް ހަމަޖެހިފައިވެއެވެ.

ކާރު އޮތްތަން: މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައި، މާލެ ޓޯޔާޑްގަ.

ކޮންމެ ދުވަހެއްގެ އެންމެ މަތީއަގު ސިވިލް ކޯޓުގެ ވެބްސައިޓް (http://www.civilcourt.gov.mv) ގައި އިޢުލާންކުރެވިފައި ހުންނާނެއެވެ. ނީލަން ނިންމާލެވެޭނީ 16 މެއި 2019ގެ 14:30 އާހަމަޔަށް ހުށަހަޅާ އެންމެ މަތީ އަގަކަށެވެ.

ނީލަން ނިންމުން:

ނީލަން ނިމުމުން އެންމެމަތީ އަގު ހުށަހަޅާފައިވާ ފަރާތަކަށް ސިވިލް ކޯޓުން އެކަން އަންގާނެއެވެ. އެފަރާތަކަށް ނީލަން ނިމުނުކަން ކޯޓުން އަންގާ ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) އެފަރާތަކުން ހުށަހެޅި ޖުމްލަ އަގަށްވާ ފައިސާ ސިވިލް ކޯޓަށް ދައްކަންވާނެއެވެ. ނުދައްކައިފިނަމަ އެހުށަހެޅުން ބާޠިލްކުރުމަށް ނުވަތަ ދެވަނައަށް އެންމެމަތީ އަގު ހުށަހެޅިފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން އަލުން ފެށުމާއި މެދުގައި ގޮތެއް ކަނޑައަޅާނީ ސިވިލް ކޯޓުންނެވެ.

ނީލަން ނިންމުނުކަމަށް ސިވިލް ކޯޓުން ކަނޑައަޅާ ވަކިފަރާތަކަށް ނުއަންގާ ހިނދެއްގައި، ނީލަން ބާތިލް ކުރުމުގެ އިޚްތިޔާރު ސިވިލް ކޯޓަށް ލިބިގެން ވެއެވެ.

އަގު ހުށަހެޅުން:

ހުށަހަޅަން ޖެހޭގޮތް: ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއިއެކު ސިޓީ އުރައެއްގައި ބަންދުކުރައްވާފައި ހެނދުނު 08:00 އާއި މެދުރުފަހުގެ 02:30  އާއި ދެމެދު ޖަސްޓިސް ބިލްޑިންގ ގެ ގުރައުންޑް ފްލޯރ ގައި ހުންނަ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި "ކާރު ގަތުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

  • އަމިއްލަ ފަރުދެއްނަމަ: ގުޅޭނެ ފޯނު ނަންބަރާއިއެކު އަގު ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ބިދޭސީއެއްނަމަ ޕާސްޕޯރޓުގެ ކޮޕީ).

ކުންފުންޏެއްނަމަ: - މިނީލަމާއި ގުޅިގެން ސިވިލް ކޯޓާއި މުޢާމަލާތް ކުރައްވާނެ ފަރާތަކާއި ގުޅޭނެ ފޯނު ނަންބަރާއިއެކު އަގު ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް.

-  ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ

-  މިނީލަމާއި ގުޅިގެން ސިވިލް ކޯޓާއި މުޢާމަލާތް ކުރައްވާނެ ފަރާތެއް ޢައްޔަންކުރައްވާފައިވާ ކުންފުނީގެ ޤަރާރު

-  ކުންފުނީގެ އަސާސީ ޤަވާޢިދު އަދި ހިންގާ ޤަވާޢިދުގެ ކޮޕީ

މީގެ އިތުރުން ނީލަމަށް ހުށަހަޅާ އަގު ދެއްކުމުގެ މާލީ ޤާބިލުކަން ހުށަހަޅާ ފަރާތުގެ ކިބައިގައި ހުރިކަން ސާބިތުކުރުމަށްޓަކައި އެންމެފަހުގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓް (ފާއިތުވި 01 މަސްދުވަހުގެ) ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަހަޅާ އެކައުންޓް ސްޓޭޓްމަންޓް އަޕްޑޭޓްކުރެވިފައި އޮންނަންވާނީ އެންމެ ލަސްވެގެން އަގު ހުށަހަޅާ ތާރީޚްގެ 07 (ހަތެއް) ދުވަސްކުރިއަށެވެ. އަދި މިގޮތަށް ހުށަހަޅުއްވާ އެކައުންޓް ސްޓޭޓްމަންޓްވާންވާނީ ސީދާ އެފަރާތެއްގެ ބޭންކުން ދޫކޮށްފައިވާ އޮރިޖިނަލް ލިޔުމަކަށެވެ. މިބިޑާއިއެކު ހުށަހަޅުއްވަންޖެހޭ ލިޔުންތައް ފުރިހަމަ ކުރެވިފައިނުވާނަމަ، ބިޑް ބާޠިލްކުރުމުގެ ޙައްޤު ސިވިލް ކޯޓަށް ލިބިގެންވާކަމުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް: ސިވިލް ކޯޓު، ޖަސްޓިސް ބިލްޑިންގ ގެ ގްރައުންޑްފްލޯރ ކައުންޓަރ (ފޯން ނަންބަރު: 3006412 / 3006428 އީމެއިލް:  [email protected] ގުޅުއްވުންއެދެމެވެ.

 28 އޭޕްރިލް 2019

28 އޭޕްރިލް 2019
ހޯދާ