ދިވެހިރާއްޖެ
ތިލަދުއްމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރެޓް ކޯޓު
ހއ.ދިއްދޫ،
ދިވެހިރާއްޖެ.
ނަންބަރު: A-10-MC/2019/02
އިޢުލާން
ހއ.އުތީމު މެޖިސްޓްރޭޓް ކޯޓުގެ މިހާރު ބޭނުންކުރަމުންދާ އިމާރާތަށް ބަދަލުގެނައުމުގެ މަސައްކަތް
ހއ.އުތީމު މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހއ.އުތީމު މެޖިސްޓްރޭޓް ކޯޓުގެ މިހާރު ބޭނުންކުރަމުންދާ އިމާރާތައް ބަދަލުގެނެސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކޯޓަށް ނުވަތަ ހއ.އުތީމު މެޖިސްޓްރޭޓްކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 16 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންނެވި ކޯޓަށް ހުށަހެޅުންވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި "ހއ.އުތީމު މެޖިސްޓްރޭޓްކޯޓް މަރާމާތުކުރުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ކުންފުންޏަކުން ހުށަހަޅުއްވާނަމަ ރަޖިސްޓްރީގެ ކޮޕީހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ. އިތުރު މައުލޫމަތު ސާފުކުރެއްވުމަށް މިކޯޓްގެ ނަންބަރ 6500597 އަދި 6500502 ފޯނަށް ގުޅުންވުން އެދެމެވެ.
28 އޭޕްރީލް 2019