ދިވެހިރާއްޖެ
މަޤާމް: މަސައްކަތު
މަޤާމުގެ ނަންބަރު: J-308033
ބޭނުންވާ އަދަދު: 01
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެސް.އެސް 1
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
ވަޒީފާ އަދާކުރަން ޖެހޭ ތަން: ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ
މުސާރަ: 3,100.00
ސަރވިސް އެލެވަންސް: 1,000.00
އެހެނިހެން އެލަވަންސް:
- ސަޕޯޓިންގ ކޯރ އެލަވަންސްގެ ގޮތުގައި މަހަކު 1,200.00 ރުފިޔާ
- ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
- ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް
- ސިވިލް ސަރވިސް ޤަވާއިދުގައިވާގޮތުގެ މަތިން އެހެނިހެން އެލަވަންސްތައް
- ކައުންސިލްއިދާރާގެ އެތެރެއާއި ގޯތިތެރެއާއި، ކައުންސިލްއިދާރާ ވަށައިގެންވާ މަގުތަކުގައި ވިނަނޮޅައި، ކުނިކަހައި، ސާފުކޮށް ބެލެހެއްޓުން.
- ކައުންސިލް އިދާރާގެ ފާޚާނާ ކޮންމެ ދުވަހަކު ސާފްކޮށް ބެލެހެއްޓުން.
- ރަސްމީ ކޮންމެ ދުވަހަކު ކައުންސިލް އިދާރާއެތެރެ ކުނިކަހާ މޮޕް ޖެހުން.
- ރަސްމީ ކޮންމެ ދުވަހެއްގައި ކައުންސިލް އިދާރާގެ ކޮމްޕިއުޓަރ ސިސްޓަމްތަކާއި، ޕްރިންޓަރުތަކާއި، މޭޒުތަކާއި، ފައިލް ކަބަޑުތަކުގެ ހިރަފުސް ފޮޅައި ސާފް ކުރުން.
- ކައުންސިލްގެ ބޭނުމަށް އޯޑަރުކޮށްގެން ގެންނަ ތަކެތި ސްޓޮކަށް ވެއްވުމާއި، ގުދަން ކުރުން.
- އެކިއެކި ފަރާތްތަކާއި ހަވާލު ކުރުމަށް ކައުންސިލުން ހަވާލު ކުރާ ލިޔެކިޔުންތައް ހަވާލުކުރުން.
- ހަފުތާއަކު އެއްފަހަރު ކައުންސިލް އިދާރާގެ ދޮރާއި ދޮރުފަތްތައް އަދި ފަންކާތަށް ފޮޅާ ސާފުކުރުން.
- ކޮންމެ ތިންމަހުން އެއްމަހު ކައުންސިލް އިދާރާގެ ކުޑަދޮރުފަތް ތަކުގެ ދޮރުފޮތި ދޮވެ ސާފުކުރުން.
- ކައުންސިލް އިދާރާގެ ގުދަނުގެ ތަކެތި ތަރުތީބު ކުރުމާއި، ގުދަނުގެ އެތެރޭގައި ހުންނަ ތަކެތީގެ ހިރަފުސް ފޮޅައި ސާފް ކުރުން.
10. އެކިއެކި ކަންކަމަށް ކައުންސިލްއިދާރާއަށް ޙާޒިރުކުރަންޖެހޭ މީހުން ކައުންސިލް އިދާރާއަށް ހާޟިރުވުމަށް އަންގާ ލިޔުން ހަވާލު ކުރުން.
11. ކައުންސިލް އިދާރާގެ ވަޅުގެ ދިޔަ ހިއްކުމާއި، ފުރާޅު ސާފް ކުރުން.
12. ދިޔަދޮވި ސާފުކުރުމާއި އޮފީހުގެ ގޯތިތެރޭގައި ބަހައްޓާފައި ހުންނަ ފެންތާނގީތައް ސާފު ކުރުން.
މަޤާމުގެ ޝަރުޠުތައް:
ލިޔަންކިޔަން އެނގުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކޮށްފައިވާސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު(މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އަދި ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާގެ ވެބްސައިޓުންނާއި، ކައުންޓަރުން ލިބެން ހުންނާނެއެވެ)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ދިވެހިރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރިފަރެސް ޗެކް ފޯމް.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީން
(ހ) ލިބިފައިވާ ތަޢުލީމް ( ކަނޑައެޅިފައިވާ އިންސައްތަ:21%)
(ށ) މަޤާމްގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން: ( ކަނޑައެޅިފައިވާ އިންސައްތަ:5%)
- މަސައްކަތު ތަޖުރިބާ
(ހ) މަޤާމްގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ:( ކަނޑައެޅިފައިވާ އިންސައްތަ:26%)
- ލިބިފައިވާ ހުނަރު
(ހ) އިންޓަވިއު / ޕްރެކްޓިކަލްސް : ( ކަނޑައެޅިފައިވާ އިންސައްތަ:48%)
މަޤާމަށް އައްޔަން ކުރެވޭނީ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ މަދުވެގެން35% އިންސައްތަ އަށް ވުރެ މަތިނަމައެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 މޭ 14 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6820019 މެދުވެރިކޮށްވެސް ހުށައެޅޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 މޭ 15 އާއި 2019 މޭ 30 އާއި ދެމެދުގެ ތާރީޚެއްގައި ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާގައެވެ.
ޝޯޓް ލިސްޓްކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތުހަމަވާ، ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި، މަސައްކަތު ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި، ވަޒީފާ އަދާކުރުމުގެ ގާބިލުކަމަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް: ފޯން: 6820019 | ފެކްސް ނަމްބަރ: 6820019 | އީމެއިލް: [email protected]
24 ޝައިބާން 1440
29 އެޕްރީލް 2019