ދިވެހިރާއްޖެ
މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ ކ. ހިންމަފުށި (އައްސޭރި ޖަލު)ގައި ހުކުމް ތަންފީޒް ކުރަމުންގެންދާ ޤައިދީންނާއި ބަންދުމީހުން އަދި އެ ޖަލުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން މާލެ އާއި ހިންމަފުއްޓާއި ދެމެދު ދަތުރުކުރުމަށްޓަކައި ދޯންޏެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ- (IUL)167-PR/167/2019/16 އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ ޝަރުތުތައް ހަމަނުވާތީވެ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާންކުރަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ، ގްރައުންޑް ފްލޯރ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
07 މެއި 2019 |
އަންގާރަ |
10:00 |
އަންދާސީހިސާބު ހުށަހެޅުން |
13 މެއި 2019 |
ހޯމަ |
10:00 |