ދިވެހިރާއްޖެ
ނަންބަރު:FNK/A/IUL/2019/356
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.
|
އެސިސްޓެންޓް މެނޭޖަރ |
މަޤާމް: |
|
01 (އެކެއް) |
ބޭނުންވާ އަދަދު: |
|
ފައިނޭންސް ޑިޕާޓްމަންޓް / އެކައުންޓްސް ޕޭޔަބަލްސް ސެކްޝަން |
ޑިޕާޓްމަންޓް: |
|
ހެޑް އޮފީސް / މާލެ |
މަސައްކަތް ކުރަންޖެހޭ ތަން: |
|
6120ރ. ( ހަހާސް އެއްސަތޭކަ ވިހި ރުފިޔާ ) |
އަސާސީ މުސާރަ: |
|
މުސާރައިގެ %30 |
ސަރވިސް އެލަވަންސް: |
|
މުސާރައިގެ %20 |
ހާޟިރީ އެލަވަންސް: |
|
މުސާރައިގެ %50 |
އިތުރުގަޑީގެ އެލަވަންސް: |
|
(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 (ހައެއް) ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ (ށ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން އެމް.އެސް 2 (ދޭއް) ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ (ނ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު އެމް.އެސް 1 (އެކެއް) ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކްގައި މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ (ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، އެމް.އެސް 2 (ދޭއް) ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން (ބ) ACCA ގެ ސްކިލް ލެވެލް ނުވަތަ އެކައުންޓިންގ ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ. (ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން |
ފެންވަރު ނުވަތަ ޝަރުތު: |
|
(ހ) ކުންފުނީގެ އެކައުންޓްސް ޕޭޔަބަލް ސެކްޝަން ބެލެހެއްޓުން. (ށ) ކުންފުނިން ސަޕްލަޔަރުންނަށް ދޫކުރާ ފައިސާގެ ޗެކުތަކާއި ނަގުދު ފައިސާ ދޫކުރަނީ ރަނގަޅަށްތޯ ބަލައި ޗެކުކުރުން. (ނ) ކުންފުނީގެ ޕޭޔަބަލްސް ބެލެންސް އެކިއުރޭޓްކަމާއެކު ބެލެހެއްޓުން. (ރ) ސަޕްލަޔަރުންނާއި ފެނަކައާއި އޮންނަ ގުޅުން ރަނގަޅުކޮށް ޕޭޔެބަލް ސެކްޝަނާއި ކުންފުނީގެ އެހެން ޑިޕާޓްމަންޓުތަކާއި އޮނަން ގުޅުން ހަރުދަނާކުރުން. (ބ) މެނޭޖްމަންޓަށް ބޭނުންވާ ރިޕޯޓްތަށް ތައްޔާރުކޮށް ހުށަހެޅުން. (ޅ) ކުންފުނީގެ ފަރާތުން ސަރުކާރުގެ އިދާރާތަކަށާއި މިނިވަން މުއައްސަސާތަކަށް އަދި އެކްސްޓާރނަލް އޮޑިޓަރަށް ފޯރުކޮށްދޭންޖެހޭ ލިޔެކިޔުންތަށް ފޯރުކޮށް ދިނުން. (ކ) މަހުން މަހަށް ހުރިހާ ސަޕްލަޔަރުންގެ ބެލެންސް ރިކޮންސައިލް ކުރުން. |
މަސްޢޫލިއްޔަތު ތައް:
|
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ 09:00 – 13:30 އަށް ލިބެންހުންނާނެއެވެ. އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.
ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 މެއި 2019 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
- އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
- މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،
ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،
ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ
ގުޅޭނެ ނަންބަރު: 3007555
ފެކްސް ނަންބަރު: 3327555
ވެބްސައިޓް: www.fenaka.com.mv
އީމެއިލް: [email protected]
23 ޝައުބާން 1440
28 އޭޕްރީލް 2019
