މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިމުއައްސަސާގެ ތިރީގައި މިދަންނަވާ އޮފީސްތަށް ފޮޅާ ސާފުކޮށް އަދި މެއިންޓެނަންސް މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
މިމުއައްސަސާގެ ތިރީގައި މިދަންނަވާ އޮފީސްތަށް ފޮޅާ ސާފުކޮށް އަދި މެއިންޓެނަންސް މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
- މޯލްޑިވްސް އިމިގްރޭޝަން ހެޑް އޮފީސް (ވެލާނާގެ 01 ވަނަ ފަންގިފިލާ)
- ވިޒާ ޑިވިޝަން (ހުރަވީ ބިލްޑިންގ 02 އަދި 03 ވަނަ ފަންގިފިލާ)
- މޮނިޓަރިންގް ސެކްޝަން (އޯކިޑު ބިލްޑިންގ)
- ހާބަރ ސެކްޝަން (މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް ބިލްޑިންގ 01 ވަނަ ފަންގިފިލާ)
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 02 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 09 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއޮފީހަށް (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.
28 އެޕްރީލް 2019
ހޯދާ