ދިވެހިރާއްޖެ
އިޢުލާން
މަސްމާރކެޓުގެ އުތުރުކޮޅު ގުދަންބައި ކުއްޔަށް ދޫކުރުން
މިރަށު މަސް މާރކެޓުގެ އުތުރުކޮޅު ގުދަންބައި މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މަޢުލޫމާތު ސާފުކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާބެހޭ ޤާނޫނު 18/2014 ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރިތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ މުއްދަތު ހަމަނުވާ އައިޑީ ކާޑު ހިއްޕަވައިގެންނެވެ.
|
ތާރީޚް |
ގަޑި |
މަޢުލޫމާތު ސާފުކުރައްވަންޖެހޭ |
07/05/2019 |
10:30 |
އަގު ހުށަހަޅުއްވަންޖެހޭ |
15/05/2019 |
10:30 |
ވީމާ ، މިކަމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިތަކަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.