ދިވެހިރާއްޖެ
ނަންބަރު: 33/2019/(IUL)P2C
އިޢުލާން
މިކޯޓުގެ ބައެއް އޭސީތައް ސާވިސް ކުރުން.
މިކޯޓުގެ 03 އޭސީ އަކުން އެކަށީގެންވާ ވަރަށް ފިނިނުވާތީއާއި، އަދި އޭގެތެރެއިން 01 އޭސީގެ އިންޑޯޔުނިޓުން ފެންވެރޭތީ މިދެންނެވުނު 03 އޭސީ ސާވިސްކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު މިކޯޓުގެ ނަންބަރު 31/2019/(IUL)P2C އިޢުލާނާ ގުޅިގެން އެއްވެސް ކޯޓޭޝަނެއް މިކޯޓަށް ލިބިފައިނުވާތީ އެއިޢުލާން ބާޠިލްކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.
ވީމާ، އަމިއްލަތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 އޭޕްރީލް 2019 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން މިކޯޓަށް ވަޑައިގެން ނުވަތަ 6820031 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ހަމައެދުވަހުގެ (30 އެޕްރީލް 2019) 11:00 އަށް މިކޯޓަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
ކޯޓޭޝަން ހުށަހަޅުއްވާއިރު މަސައްކަތުގެ އަގާއި މުއްދަތު ބަޔާންކޮށް ކޯޓޭޝަން ހުށަހަޅުއްވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ. ކޯޓޭޝަން ހުށަހަޅުއްވަން ވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައަކަށް ލާފައެވެ.