ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޓޯޓަލް ސްޓޭޝަން ސިސްޓަމް ގަތުން
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ޓޯޓަލް ސްޓޭޝަން ސިސްޓަމެއް ގަންނަން ބޭނުންވެ ކުރެވުނު ނަންބަރ: IUL)468-U01/468/2019/45) އިޢުލާނާއި ގުޅިގެން ދެވިފައިވާ މަޢުލޫމާތު ޝީޓުގައި އަންދާސީ ހިސާބު ހުށަހެޅުމަށް ދެވިފައިވާ ގަޑިއާއި އިޢުލާނުގައި ދެވިފައިވާ ގަޑި ފުށޫއަރާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 5 މެއި 2019 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މިފުރުސަތުގައި ދެންނެވީމެވެ.
25 އޭޕްރިލް 2019
ހޯދާ