ދިވެހިރާއްޖެ
މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓު
މ. މުލި،
ދިވެހިރާއްޖެ.
ނަންބަރު: K5C-A/2019/13
އިޢުލާން
މ. މަޑުއްވަރި މެޖިސްޓްރޭޓް ކޯޓުގެ ކޯޓު ރޫމްގެ ބިއްގަނޑު (ބެކް ޕެނެލްސް) ހެދުމާ ގުޅޭ
މ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު ރޫމްގެ ބިއްގަނޑު (ބެކް ޕެނެލްސް) ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކޯޓުންކުރި ނަންބަރު: K5C-A/2019/08 އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އެމަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 02 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިކޯޓަށް ނުވަތަ މ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 09 މެއި 2019 (ބުރާސްފަތި)
އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 10:30
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: މ. މުލީ މެޖިސްޓްރޭޓް ކޯޓު/ މ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓު
25 އޭޕްރީލް 2019