ދިވެހިރާއްޖެ
މިކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ތަކެތީގެ ތެރެއިން ބޭނުން ނުކުރެވޭ ވަރަށް ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި، ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި ބައުވެ ހަލާކުވެގެން ނުވަތަ ބޭނުން ކުރެވެންނެތް ދައުލަތުގެ މުދާ ނީލަން ކިއުމާއި ނައްތާލުމާއި ގުޅޭ އުޞޫލުގެ 2 ގެ (ހ) ގައިވާ ގޮތުގެ މަތިން ސަރުކާރު އެއްވެސް އިދާރާއަކުން ބޭނުންވޭތޯ ބެލުމަށް (ދައުލަތުގެ އޮފީހަކުން މުދައު ބޭނުންވޭތޯ ޗެކްކުރާ ފޯމް އާއިއެކު) ޢާއްމުކޮށް އިޢުލާން ކުރަމެވެ.
ވީމާ، މިތަކެތި ސަރުކާރުގެ އިދާރާއަކުން ބޭނުންވާނަމަ، ތަކެތީގެ ޢަދަދާއި ތަފްޞީލް އެނގޭނެހެން 2019 އެޕްރީލް 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލް އިދާރާއަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ. ނީލަމަށް ފޮނުވާ ތަކެތި ބެލުމުގެ އިންތިޒާމް ރަސްމީ ގަޑީގައި މިއިދާރާގައި ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ. އަދި ދައުތަލުގެ އޮފީހަކުން މުދައު ބޭނުންވޭތޯ ޗެކްކުރާ ފޯމް މިއިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.