ދިވެހިރާއްޖެ
މި އިޢުލާންވަނީ 25 އޭޕްރިލް 2019 14:39 ގައި ބާތިލް ކުރެވިފައެވެ.
މި ކުންފުނިން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތައް ތިރީގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ ކުރެވުނު އިޢުލާން ނަންބަރ (IUL)113-PRC/1/2019/49) އަށް އެކަށީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ އަލުން އިޢުލާން ކުރަމެވެ.
1- މާލޭ ކޮމާޝަލް ހާބަރ ފޭސް 1 ގެ ބިންގަނޑު އެއްވަރުކޮށް ދިނުން
2- މާލޭ ކޮމާޝަލް ހާބަރގެ ވޯކްޝޮޕްގެ ފާހާނާގެ މަސައްކަތް ކުރުން
3- ހުޅުމާލެ ޓާރމިނަލްގެ އެކްސްރޭ މެޝިން ބަހައްޓާ އިމާރާތުގެ މަސައްކަތް ކުރުން
އެހެން ކަމުން މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފު ކުރެއްވުން |
އަންދާސީ ހިސާބު ހުށަހެޅުއްވުން |
01 މެއި 2019 ވާ ބުދަ ދުވަހުގެ 11:00 |
8 މެއި 2019 ވާ ބުދަ ދުވަހުގެ 11:00 |
މިކަމަށް އެދި މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.