މުސާރަ:
|
-/3840 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3072 ރުފިޔާ)
|
އެހެނިހެން ޢިނާޔަތްތައް:
|
-/2500ރ - -/4500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.
އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.
|
ޝަރުތު:
|
- ގްރޭޑް 08 ގެ ފެންވަރު ހުރުން ނުވަތަ މިފަދަ މަޤާމެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން.
އަދި
- މިފަދަ މަޤާމެއް އަދާ ކުރުމުގެ ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.
|
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:
|
-ގުދަނަން ވައްދާ މުދާ ރައްކާތެރިކަމާއެކު ޒިންމާދާރު ގޮތެއްގައި ބެލެހެއްޓުން.
-ނީލަން ކިއުމަށް ހަމަޖެހިފައިވާ މުދާ ކްލައިމްސް އޮފިސަރ ގެ އިރުޝާދުގެ މަތިން ގުދަނުގައި ޖައްސައި މުދާ އަދަދު ގުނުމާއި އެތަކެތި ތަރުތީބު ކުރުމުގެ މަސައްކަތް ކުރުން.
-ކްލިއަރެންސް ޑިޕާޓްމަންޓުން އެދިއްޖެ ހިނދެއްގައި މުދާ ދޫކުރާ މީހުންނަށް އެހީތެރިވުމުގެ ގޮތުން މުދާ ދޫކުރުމުގެ މަސައްކަތް ޢަމަލީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
-ކްލެއިމްސް ހުށަހަޅާފައިވާ މުދާ ހޯދުމުގައި ކްލައިމްސް އޮފިސަރުންނަށް އެހީތެރިވެ ދިނުން..
|
މަސައްކަތް ކުރަންޖެހޭ ވަގުތު:
|
ދަންފަޅި އުޞޫލުން ދުވާލަކު 08 ގަޑިއިރު
|
މަސައްކަތް ކުރަންޖެހޭ ތަން :
|
މާލެ ކޮމާޝިއަލް ހާބަރ ކާގޯ އެންޑް ކްލިއަރެންސް ޑިޕާޓްމަންޓް / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
|
ވަޒީފާތަކަން އެދި ހުށައަޅަންޖެހޭ ތަކެތި:
|
މަޤާމަށް އެދިހުށައަޅާ ފޯމް
ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް
|
ސުންގަޑި:
|
2019 އެޕްރީލް 30ވާ އަންގާރަ ދުވަހުގެ 15:30 ގެ ކުރިން
|
ހުށަހަޅަންޖެހޭ އޮފީސް:
|
މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު) ރިސެޕްޝަން ކައުންޓަރަށް.
ފޯން: 3329339 ފެކްސް: 3325293 އީމެއިލް: [email protected]
|
ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.
|