މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި މިނިސްޓްރީއަށް ކޮމްޕިއުޓަރ ސިސްޓަމް ހޯދުމާބެހޭ
މި މިނިސްޓްރީއަށް ކޮމްޕިއުޓަރ ސިސްޓަމް ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)13-E/13/2019/70 (28 ފެބްރުއަރީ 2019) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އަލުން އިޢުލާން ކުރަމެވެ.
ޕްރީ-ބިޑް މީޓިން: 29 އޭޕްރީލް 2019، 13:30 އަށް
އަންދާސީ ހިސާބު ހުށަހެޅުން: 7 މެއި 2019، 11:00 އަށް
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމަށް ހަމަޖެހިފައި ވަނީ ޕްރީ-ބިޑް މީޓިންގައެވެ.
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
23 އެޕްރީލް 2019
ހޯދާ