ދިވެހިރާއްޖެ
GS66/IUL/2019/08
މި ސްކޫލްގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ހަރުމުދާ، ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ އުސޫލުގެ ދަށުން ސަރުކާރުގެ އެއްވެސް އޮފީހަކުން ނުވަތަ މުޢައްސަސާއަކުން ބޭނުންވޭތޯ ބެލުމަށްފަހު އެއްވެސް އޮފީހަކުން ބޭނުންނުވާ ތަކެތި ދުވަހު ނީލަމުގައި ވިއްކާލުމަށް ހުޅުވާލަމެވެ.
ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ.
ނީލަންކިޔުން އޮންނާނީ 03 މެއި 2019 ވާ ހުކުރު ދުވަހުގެ ހެނދުނު 8:30 ގައި މި ސްކޫލް ގޯތިތެރޭގައެވެ. މި ނީލަމުގައި ނަންގަވާ ތަކެތި ގެންދެވޭނީ ފައިސާ ދެއްކުމަށްފަހުގައެވެ. ނީލަން ނިމޭތާ 3 ދުވަހުގެ ތެރޭގައި މިސްކޫލްގެ ސަރަހައްދުން ބޭރުނުކުރައްވާ ތަކެތި ނައްތާލެވޭނެ ކަމުގައި ދެންނެވީމެވެ.
ނީލަން ކިޔާ ދުވަސް |
ނީލަން ފަށާ ގަޑި |
ނީލަން ކިޔުން އޮންނަ ތަން |
03 މެއި 2019 |
8:30 |
ތޮއްޑޫ ސްކޫލް |