ދިވެހިރާއްޖެ
ހިދާޔާ ސްކޫލް
ނ.މިލަދޫ
ނަމްބަރު:GS116(IUL) /2019/016
އިޢުލާން
ޕްރީސްކޫލުގައި ފާޚާނާއެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް.
ޕްރީސްކޫލް ފާޚާނާއެއް އަޅައިދޭނެ ފަރާތެއްް ހޯދުމަށް ބޭނުންވެގެން މިސްކޫލުން ކުރެވުނު ނަންބަރު GS116(IUL) /2019/011 ( 03 އޭޕްރީލް 2019 ) އިޢުލާނާއިގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅާފައި ނުވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައި ގަނެވެން ނެތްވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށައެޅުމަށް ބަދަލުގައި ބޭފުޅަކު ދުރުވާނަމަ، އެކަން އެނގޭނެ ލިޔުމެއް ގެނައުމަށްވެސް ދަންނަވަމެވެ. އަދި މިކަމަށްއެދި ކުރިމަތި ލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު ( ޤާނޫނު ނަމްބަރު 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ( ޤާނޫނު ނަމްބަރު 19/2014 ) ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަމްބަރު 6560572 ފޯނާއި ގުޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
25 އޭޕްރީލް 2019 ( ބުރާސްފަތި ) ދުވަހުގެ 13:30 ގައި |
އަންދާސީ ހިސާބު ހުށައެޅުން |
05 މެއި 2019 ( ޢާދީއްތަ ) ދުވަހުގެ 13:30 ގައި |