ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިކޯޓުގެ ކޯޓުރޫމަށް ބޭނުންވާ ފަރުނީޗަރ ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު E2C-A/2019/01 އިޢުލާނާއި
ގުޅިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އެސްޓިމޭޓް ހުށަހެޅުމަށް ޙާޟިރުވެފައިވަނީ އެންމެ 2 ފަރާތުން ކަމަށްވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން
ފުރުޞަތު ހުޅުވާލަމެވެ.
ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮއްދެއްވުމަށް ޝަޢުގުވެރިވާ ފަރާތްތަކުން 28 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިކޯޓަށް
ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 02 މޭ 2019 ވާ ބުރާސްފަތި ދުވަހު 11:00 ގައި ރ.ވާދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.
މިމަސައްކަތަށް ކުރިމަތިލަނީ ކުންފުންޏެއް (ޕާރޓްނަރޝިޕެއް) ނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަން ވާނެއެވެ. އަމިއްލަ ފަރުދަކު ނަމަ
އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަށް ބަލައި ނުގަންނާނެ
ވާހަކަ ދެންނެވީމެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.
18 ޝައުބާން 1440
23 އޭޕްރީލް 2019