ދިވެހިރާއްޖެ
އިޢުލާން |
|||||
މަޤާމް: |
ޕްލޭނިންގ އޮފިސަރ |
||||
ބޭނުންވާ އަދަދު: |
1 (އެކެއް) |
||||
މަޤާމުގެ ގިންތި: |
ވަގުތީ |
||||
ކޮންޓްރެކްޓުގެ މުއްދަތު: |
3 މަސްދުވަސް (މީލާދީ) |
||||
ޑިޕާޓްމަންޓް / ސެކްޝަން: |
ނޭޝަނަލް ޕްލޭނިންގ ޑިޕާޓްމަންޓް |
||||
މަގާމު އޮތް އޮފީސް: |
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) |
||||
މުސާރަ: |
މަހަކު -/5610 ރުފިޔާ |
||||
ސަރވިސް އެލަވަންސް: |
މަހަކު -/2000 ރުފިޔާ |
||||
އެހެނިހެން އެލަވަންސް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ބިން، ދިރިއުޅުމަށާއި އެހެނިހެން ބޭނުންތަކަށް އެންމެ އެކަށޭނަ ގޮތުގައި ބޭނުންކުރުމަށްޓަކައި ސެކްޝަންގެ ވެރިއެއްގެ އިރުޝާދުގެ މަތިން ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރުން. 2. އާރބަން ސަރަޙައްދުގެ ގޮތުގައި ކަނޑައެޅޭ ސަރަޙައްދުތަކަށް ރީޖަނަލް ޕްލޭންސް، ސެކްޝަނުގެ ވެރިން އިރުޝާދުގެ މަތިން ތައްޔާރުކުރުން. 3. އަރބަން ޑިވެލޮޕްމަންޓާއި ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން އާއި ގުޅޭގޮތުން ހުށަހެޅޭ ތަފާތު މައްސަލަތަކަށް ދޭންޖެހޭ ޖަވާބު ވެރިންގެ ލަފާގެ މަތިން ތައްޔާރުކޮށް މިކަން ބެލެހެއްޓުން. 4. ސެކްޝަނުގެ ފަރާތުން ތައްޔާރުކުރަންޖެހޭ އެކި އެކި ރިޕޯޓުތަކާއި ކަރުދާސް، ސެކްޝަނުގެ ވެރިން އަންގަވާ ގޮތެއްގެ މަތިން ތައްޔާރު ކުރުން. 5. މިނިސްޓްރީގެ ޕްލޭނިންގ ދާއިރާގައި މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް ހިންގާ އެކިއެކި ތަމްރީން ކޯސްތަކުގައި ބައިވެރިވުން. 6. ހުއްދަދެވިފައިވާ ލޭންޑް ޔޫސް ޕްލޭންތަކަށް އަންނަ ބަދަލުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން. 7. މަސައްކަތާއި ގުޅޭގޮތުން ބޭއްވޭ މީޓިންގތަކުގައި ބައިވެރިވެ، ޔައުމިއްޔާ ނޯޓްކޮށް މިކަމާއިބެހޭ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން. 8. މީގެ އިތުރުން މިނިސްޓްރީގެ ވެރިޔަކު އަންގާ ސެކްޝަންގެ މަސައްކަތާއި ގުޅުންހުރި ކަންތައްތައް ކުރުން. |
||||
މަޤާމުގެ ޝަރުޠުތައް: |
ޕްރޮޖެކްޓް މެނޭޖްމަންޓް ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. |
||||
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ. 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ. 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ. (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. |
||||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް: |
ދާއިރާ |
ތަފްޟީލް |
މާކްސް |
އިންސައްތަ (%) |
ކެޓަގަރީގެ ޖުމްލަ އިންސައްތަ |
ތަޢުލީމާއި ތަމްރީން
|
ލިބިފައިވާ ތާޢުލީމު |
65 |
35 |
40 5 |
|
މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން |
30 |
5 |
|||
އިމްތިޙާން |
"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން" |
12 |
5 |
5 |
|
މަސައްކަތުގެ ތަޖުރިބާ |
މާގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ |
33 |
15 |
15 |
|
ލިބިފައިވާ ހުނަރު |
އިންޓަރވިއު / ޕްރެކްޓިކަލްސް |
100 |
40 |
40 |
|
ޖުމްލަ |
|
230 |
100 |
100 |
|
ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ. |
|||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އެޕްރީލް 30 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) ގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) ކައުންޓަރުން އަދި މިމިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ލިބެން ހުންނާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
||||
އިންޓަވިއު އަދި އިމްތިހާން ނުވަތަ ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 މެއި 05 އާއި 2019 މެއި 16 އާއި ދެމެދު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ. |
||||
ޝޯޓްލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރިއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3004134 ނަންބަރު ފޯނަށް ނުވަތަ 3004379 ނަންބަރު ފޯނަށެވެ. |
|||||
17 ޝައުބާން 1440 10 އޭޕްރިލް 2019 |