ދިވެހިރާއްޖެ
މި އިޢުލާންވަނީ 22 އޭޕްރިލް 2019 20:03 ގައި ބާތިލް ކުރެވިފައެވެ.
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ބޭނުމަށް، 100،000 ލީޓަރާއި 200،000 ލީޓަރާއި ދެމެދުގެ ތެޔޮ އުފުލާ 2 ބާޖު (STEEL HULL) މަސްދުވަހުގެ މުއްދަތަށް ކުއްޔަށް ހިފަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މަޢުލޫމާތު ސާފުކުރުން: 25 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހުގައެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން: ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 30 އޭޕްރީލް 2019 ވާ އަންގާރަ ދުވަހުގެ 14:00 ގައި އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހުގައެވެ.
މައުލޫމާތުގެ ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކާއި، ބީލަން ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެކަމުގައިވެސް ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331457 ނުވަތަ 3331456 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.