އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މާސްޓަރސް ޑިގްރީ (މާސްޓަރސް އިން އޮޑިޓިންގ)

ކޯހުގެ ފެންވަރު

މާސްޓަރސް ޑިގްރީ (މާސްޓަރސް އިން އޮޑިޓިންގ)

ގައުމު

ޗައިނާ

ކޯހުގެ ދާއިރާ

އޮޑިޓިންގ

ޔުނިވަރސިޓީ

ނަންޖިންގ އޮޑިޓް ޔުނިވަރސިޓީ

ކޯހުގެ މުއްދަތު

2 އަހަރު

އަދަދު

1

ކޯހުގެ ޝަރުތު

- ގުޅުން ހުރި ދާއިރާއަކުން ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން

- ޖޫން 2019 ގެ ނިޔަލަށް 35 އަހަރު ފުރިފައި ނުވުން

- އިނގިރޭސި ބަހުގެ ފާހެއް ހާސިލުކޮށްފައިވުން. އިނގިރޭސި ބަހުގެ ފާހެއް ކަމުގައި ބަލާނީ:

(ހ) CAE/CPE  އިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް

(ށ) IELTS އިން އޯވަރޯލް ސްކޯރ 6.0 އިން ފެށިގެން މަތި

(ނ) TOEFL  550 އިން ފެށިގެން މަތި

(ރ) ޖީ.ސީ.އީ އޯލެވެލް/އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން އިނގިރޭސިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް.

- ސާބިތު ކުށެއް ނެތުން އަދި ކުށެއްގެ ތުހުމަތުގައި ހުރި މީހަކު ކަަމުގައި ނުވުން.

- ދިވެހި ގައުމަށް، މަދުވެގެން 5 އަހަރު ދުވަހު ޚިދުމަތްކުރުމަށް އިޤުރާރުވުން

ހުށަހަޅަންޖެހޭ ތަކެތި

-         ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެމް.ކިޔު.އޭ.އިން އެކްރިޑިޓްކޮށްފައިވާ)

- ހުރިހާ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ތައުލީމު ހާސިލުކުރަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާނަމަ، އެންމެ ފަހުގެ އެހީއަށް ފަހު، އެ އެހީއަކާ ގުޅޭ ގޮތުން ޚިދުމަތްކުރަންޖެހޭ މުއްދަތުގެ ތެރެއިން، 2 2އެޕްރީލް 2019 އާ ހަމައަށް ޚިދުމަތްކުރެވުނު މުއްދަތު އަންގައިދޭ ރަސްމީ ލިޔުން

- ދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެ މީހަކު މި ކޯހަށް ދޫކުރާނެ ކަމުގެ ލިޔުން

- ކޯހަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

- ޕާސްޕޯޓް ކޮޕީ

-  2 ލިޔުން (އެކަޑަމިކް ރިކޮމަންޑޭޝަން ލެޓަރ)

އިތުރު މަޢުލޫމާތު

-  މިކޯހާ ގުޅޭ ގޮތުން އިތުރަށް ބޭނުންވާ މައުލޫމާތު މި އޮފީހުގެ ވެބްސައިޓް www.audit.gov.mv އިންނާއި  3348312/3348211 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

-  މި ސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ، އޮން ކެމްޕަސް އެކަމަޑޭޝަން، ސްޓައިޕެންޑް އަދި ދެކޮޅު ޓިކެޓް ނަންޖިންގ އޮޑިޓް ޔުނިވަރސިޓީން  ހަމަޖައްސައިދޭނެއެވެ. 

-  ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖޭން ބޭރުގެ ސެޓްފިކެޓެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވާ ސެޓްފިކެޓަކަށް ވާންޖެހޭނެއެވެ.

-  ކޯހަށް ހޮވޭ މީހަކު ކަނޑައެޅުމުގައި ތިރީގައިވާ ކަންކަމަށް ބެލޭނެއެވެ.

(1) އޮޑިޓިންގ އެންޑް އެޝޫރަންސްގެ ދާއިރާއަށް ޚިދުމަތްކޮށްފައިވާ މުއްދަތު

(2) އެއް އަދަދަކަށް މާކްސް ލިބިފައިވާނަމަ، މީހަކު ކަނޑައެޅުމަށް ހަމަޖެހިފައިވަނީ އެ މީހަކަށް ލިބިފައިވާ ތައުލީމީ ސެޓްފިކެޓްގެ ގްރޭޑް ޕޮއިންޓް އެވްރެޖަށް ބެލުމަށްފަހުއެވެ.

(3) މި ކޯހަށް ހޮވޭ މީހަކު މެޑިކަލް އެގްޒެމިނޭޝަން ހައްދަވަން ޖެހޭނެއެވެ.

(4) މި ކޯހަށް ހޮވޭ މީހަކު ކުށުގެ ރެކޯޑް ސާފުކުރާ ފޯމު ފުރިހަމަ ކުރަންޖެހޭނެއެވެ.

-  މި އިއުލާންގެ ސުންގަޑި ހަމަވުމުގެ މަދުވެގެން ރަސްމީ ބަންދު ނޫން ދެ ދުވަސް (ސުންގަޑި ހަމަވާ ދުވަހާއި އޭގެ ކުރީ ދުވަސް) ކުރިން އެޕްލިކޭޝަނާއި އެއާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުން އެދެވިގެންވެއެވެ. އެއީ އެޕްލިކޭޝަން ފުރިހަމަ ނޫންނަމަ، ނުވަތަ ހުށަހަޅަންޖެހޭ އެއްޗެއް މަދުނަމަ، ސުންގަޑި ހަމަވުމުގެ ކުރިން ތަކެތި ހަމަކޮށްފައި  ހުށަހެޅުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. އަދި އެންމެފަހު ވަގުތު އެޕްލިކޭޝަން ހުށަހެޅުމުން އެއްޗެއް މަދުވިއަސް ސުންގަޑި ހަމަވުމުގެ ކުރިން  އެ އެއްޗެއް ހަމަކޮށްފައި ހުށަހެޅުމަށް އިތުރު ފުރުސަތެއް ދެވެން ނޯންނާނެތީއެވެ.

-  އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅަންވާނެއެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި: 2019 މެއި 09 ވާ ބުރާސްފަތި ދުވަހުގެ 14:00

އެޕްލިކޭޝަން ހުށަހަޅަންޖެހޭ ތަން: އޮޑިޓަރ ޖެނެރަލްގެ އޮފީސް (ޣާޒީ ބިލްޑިންގ / 1 ވަނަ ފަންގިފިލާ)

ނޯޓް: އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިއުލާންގައި ބަޔާންކޮށްފައިވާ ތަކެތި ހަމަކުރުމަށްފަހު، ސިޓީއުރައެއްގައި ބަންދުކޮށް މި އޮފީހަށް ހުށަހެޅުން ނުވަތަ [email protected]  އަށް އީމެއިލްކުރުމެވެ. އަދި މިގޮތަށް އީމެއިލްކުރާނަމަ، 3348200 އަށް ގުޅައި އީމެއިލް ލިބުނުކަން ކަށަވަރުކުރަންވާނެއެވެ. ސިޓީ އުރައިގެ ބޭރުގައި، ނުވަތަ އީމެއިލްގެ ސަބްޖެކްޓްގައި ކޯހަށް އެދޭ ފަރާތުގެ ނަން، މާސްޓަރސް އޮފް އޮޑިޓް ޕްރޮގްރާމް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔަންވާނެއެވެ.

 

 

22 އޭޕްރިލް 2019
ހޯދާ