ދިވެހިރާއްޖެ
ނަންބަރު: A)DA-2019/172)
އިޢުލާން
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 - ކެންޑިޑޭޓުންގެ މާލީ ބަޔާން
ކޮންމެ ކެންޑިޑޭޓެއްގެ އިންތިޚާބާ ގުޅޭ މާލީ ކަންކަމާ ބެހޭ މަޢުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އިންތިޚާބެއް ބާއްވާ ތާރީޚުން ފެށިގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެ ކަމަށާއި، މިގޮތުން ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ އޮޑިޓަރަކު އޮޑިޓުކޮށްފައިވާ މާލީ ބަޔާނަކަށް ވާންވާނެކަމަށް، ޤާނޫނު ނަންބަރު: 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 73 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާތީ ދަންނަވަމެވެ.
2019 އެޕްރީލް 6 ވީ ހޮނިހިރު ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ކެންޑިޑޭޓުންގެ މާލީ ބަޔާން، އިސްވެ ބަޔާންކުރެވުނު ޤާނޫނުގައިވާ ގޮތުގެ މަތީން ތައްޔާރު ކުރެއްވުމަށް ފަހު، މިކޮމިޝަނަށް ހުށަހަޅުއްވަންޖެހޭ އެންމެ ފަހު ތާރީޚަކީ 2019 އެޕްރީލް 27 ވާ ހޮނިހިރު ދުވަސް ކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
16 ޝައުބާން 1440