މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު މެޖިސްޓްރޭޓްކޯޓް
ދިވެހިރާއްޖެ
ރ.މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓު ޢިމާރާތް މަރާމާތުކުރުމާއި އެކޯޓަށް ބައެއް އިތުރުކުރުމާއި އަދި ޕޯޓިކޯއެއް ހެދުން.

             ރ.މަޑުއްވަރީ މެޖިސްޓްރޭޓު ކޯޓަށް 33 ފޫޓު 20 ފޫޓުގެ ބައެއް އިތުރުކުރުމާއި ޕޯޓިކޯއެއް ހެދުމުގެ އިތުރުން ކުރިން ހުރި ޢިމާރާތް އެއްކޮށް ސީލިންގކޮށް މިހާރުތަޅުމުގައިހުރި ތަށިމުށިތައް ނައްޓުވާ އަލުން ތަށިމުށިޖެހުމާއި މިހާރު ވަށައިގެންހުރި ލަކުޑިދޮރުތައް ނައްޓުވާ އަލުން އެލްމެނިއަމް ދޮރު އަޅުވާ ކޯޓު މަރާމާތުކުރަން ބޭނުންވާތީ އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު E7C-A/2019/04 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހަޅުއްވާފައިވަނީ ޝަރުތު ފުރިހަމަވާ އެންމެ ދެފަރާތުންކަމަށްވާތީ އެއިޢުލާން ބާޠިލްކުރުމަށްފަހު އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ އެމަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝަވްޤްވެރިކަން ހުރިފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ފަހު އަންދާސީ ހިސާބު ހުށައެޅުމަށް ފުރުޞަތު އަލުން ހުޅުވާލަމެވެ. މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 24 އޭޕްރީލް 2019 ވާ ބުދަ ދުވަހުގެ 11:00 ގައި އުނގޫފާރު މެޖިސްޓްރޭޓު ކޯޓާއި ރ.މަޑުއްވަރީ މެޖިސްޓްރޭޓު ކޯޓުންނެވެ. އަދި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 30 އޭޕްރިލް 2019 ވާ އަންގާރަ ދުވަހު 11:00 ގައި އުނގޫފާރު މެޖިސްޓްރޭޓު ކޯޓާއި ރ.މަޑުއްވަރީ މެޖިސްޓްރޭޓުންނެވެ.

             މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

              ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 އޭޕްރިލް 2019
ހޯދާ