ދިވެހިރާއްޖެ
ނަމްބަރ: 254/254/2019/10(IUL)
އިޢުލާން
ދަތުރު ހިޔާ ހެދުމާގުޅޭ
ތަކަންދޫގެ ބަނދަރު ސަރަހައްދުގައި ދަތުރުހިޔާއެއް އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ މި މަސައްކަތް މިއިދާރާއިންދޭ މަޢުލުމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 28 އޭޕްރިލް 2019 ވާ އާދިއްތަ ދުވަހު 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރުމަށްފަހު 05 މޭ 2019 ވާ އާދިއްތަ ދުވަހުގެ 11:00 އަށް އެސްޓިމޭޓް ހުށައެޅުއްވުންއެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް އެސްޓިމޭޓް ހުށަނާޅާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރާތަކުން ވިޔަސް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ވަޑައިގެންނަވާ ބޭފުޅެއްކަން އެނގޭނެ ލިޔުމެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.