މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސްޓެލްކޯ ސަރަޙައްދުގައި ހުރި ޕަމްޕްސްޓޭޝަން ޑިމޮލިޝްކުރާނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

ސްޓެލްކޯ ސަރަޙައްދުގައި ހުރި ޕަމްޕްސްޓޭޝަން ޑިމޮލިޝްކުރާނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބޭނުންމަކަށް މާލެ ރިންގް ރޯޑުގެ ސްޓެލްކޯ ސަރަޙައްދުގައި ހުރި ޕަމްޕްސްޓޭޝަން ތަޅައި ސާފުކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 30 އޭޕްރިލް 2019 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.   

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަން އަދި މިމިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv އިން ޑައުންލޯޑް ކުރެވޭނޭވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 28 އޭޕްރިލް 2019ގެ 12:00 ގެ ކުރިން [email protected]  އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.

18 އޭޕްރިލް 2019
ހޯދާ