ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ޅ. އޮޅުވެލިފުށީ ޞިއްޙީމަރުކަޒަށް މަސައްކަތު މީހެއް ހޯދުން

ޅ. އޮޅުވެލިފުށީ ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝަވްޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ.

މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝަޢުޤުވެރިކަން ހުރި ޤާބިލް ފަރާތެކެވެ.

 

މަސައްކަތު

މަޤާމް:

J-253643

މަޤާމުގެ ނަންބަރު:

01 ( އެކެއް )

ބޭނުންވާ ޢަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެސް އެސް 1

މަޤާމުގެ ރޭންކް:

ސަޕޯރޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

އެޑްމިނިސްޓްރޭޝަން

ސެކްޝަން  / ޔުނިޓް

ޅ. އޮޅުވެލިފުށީ ޞިއްޙީމަރުކަޒު

މަޤާމް އޮތް އޮފީސް:

ޅ. އޮޅުވެލިފުށީ ޞިއްޙީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން:

3100.00 ރުފިޔާ

މުސާރަ:

1000.00 ރުފިޔާ

ސާރވިސް އެލަވަންސް:

1-      ސަޕޯރޓިންގ ކޯ އެލަވަންސް 1200.00 ރ

2-      ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިޔުޝަން.

3-      ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން ޢިނާޔަތްތައް.

އެހެނިއެން އެލަވަންސް:

  • ޞިއްޙީމަރުކަޒުގެ ގޯތިތެރެއާއި ޢިމާރާތް ދުވަހުން ދުވަހަށް ކުނިކަހާ ފޮޅާ ސާފްކުރުން. 
  • ޞިއްޙީމަރުކަޒާއި ގުޅުން ހުރި ޢިމާރާތްތަކުގެ ބިއްލޫރިތައް ޞިއްޙީމަރުކަޒުން ކަނޑައަޅާ ތާވަލްއަކާއި އެއްގޮތަށް ސާފްކޮށް ބެލެހެއްޓުން.
  • ޞިއްޙީ މަރުކަޒު އަދި ޞިއްޙީމަރުކަޒާއި ގުޅުން ހުރި ޢިމާރާތްތަކުގެ ފުރާޅު އަދި ދިޔަދޮވިތައް ސާފްކޮށް ބެލެހެއްޓުން.
  • ޞިއްޙީމަރުކަޒުގެ ފަންކާތައް މަހަކު 2 ފަހަރު ސާފްކޮށް ބެލެހެއްޓުން
  • ޞިއްޙީމަރުކަޒުގެ އޯ ޕީ ޑީ އޭރިއާ ކައުންޓަރ، ގޮޑިތައް، ކޮންމެ ދުވަހަކު ފޮޅާ ސާފްކޮށް ބެލެހެއްޓުން.
  • ޞިއްޙީމަރުކަޒުގެ ގޯތިތެރޭގައި ފަޅާ ވިނަތައް މަހަކު 1 ފަހަރު ނޮޅާ ސާފްކޮށް ބެލެހެއްޓުން
  • ޞިއްޙީމަރުކަޒުގެ ގޯތިތެރޭގައި ގަސްއިންދާ ހެއްދުމާއި ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  • ޞިއްޙީމަރުކަޒުގެ ފާޚާނާތައް ކޮންމެ ދުވަހަކު ސާފްކޮށް ބެލެހެއްޓުން
  • ޞިއްޙީމަރުކަޒުން އަންދަންޖެހޭ ކުނި ކަނޑައެޅިފައިވާ ޤަވާޢީދާއި އެއްގޮތަށް އެންދުން.
  • ޞިއްޙީމަރުކަޒުން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޑިޔުޓީ އަދާކުރުން
  • ޞިއްޙީމަރުކަޒު ހުންނަ ރަށުގެ އެކިއެކި އޮފީސްތަކަށާއި އެކިއެކި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ސިޓީ ، ލިޔުން ، އަދި ފައިސާ ފަދަ ތަކެތި ޙަވާލުކުރުން.
  • ޞިއްޙީމަރުކަޒަށް ބޭނުންވާ ތަކެތި ގަތުމަށް އަގުބެލުމަށް ތަންތަނަށް ދިއުމާއި އަދި ޞިއްޙީމަރުކަޒުން ކަނޑައަޅާ ގޮތެއްގެމަތިން ތަކެތި ޞިއްޙީމަރުކަޒަށް ގެނެސް ކަމާއިބެހޭ ފަރާތްތަކާއި ޙަވާލުކުރުން.
  • ޞިއްޙީމަރުކަޒުން ހޮސްޕިޓަލަށް ފޮނުވަންޖެހޭ ތަކެތި ޞިއްޙީމަރުކަޒުން ކަނޑައަޅާ ތަންތަނަށް ގެންދިއުމާއި އަދި ހޮސްޕިޓަލުން ފޮނުވާ ތަކެތި ޞިއްޙީމަރުކަޒަށް ގެންދިއުމުގެ މަސައްކަތްކުރުން.
  • ޞިއްޙީމަރުކަޒުން ދޮންނަށްޖެހޭ ތަކެތި ދޮވުމުގެ މަސައްކަތް ކުރުމާއި އަދި އެޓެންޑެންޓުން ނެތްނަމަ އެޓެންޑެންޓުންގެ މަސްއޫލިއްޔަތު އަދާކުރުން. 
  • އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަން ދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާގޮތެއްގެމަތިން ކުރުން.
  • މަސައްކަތަށާއިވެރިންނަށް އިޚްލާސްތެރިވެއަދި ހަވާލުކުރެވޭމަސައްކަތްތައް ފުރިހަމައަށް އަދާކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބްތައް:

-         ލިޔަންކިޔަން އެގުން.  

މަޤާމުގެ ޝަރުތުތައް:

-          ފޮޅާ ސާފްކުރުން

ގުޅޭ ވަޒީފާގެ ދާއިރާތައް:

1-      ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ( ވަޒީފާއަށް އެދޭ ފޯމް ޅ. އޮޅުވެލިފުށީ ޞިއްޙީމަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mvޑައުންލޯޑް ކުރެވޭނެއެވެ. )

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯން ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް އެނގޭ ފަދަ ކޮޕީއެއް.

4-      ސިވިލްސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޟެއްނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން.

5-      ލިބިފައިވާ ހުރިހާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢްލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢްލީމު ދޭ ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ،

ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6-      ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7-      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8-      މަސައްކަތު ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު، އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ހުށަހަޅަންޖެހޭ ލިޔުންތައް:

-          ތަޢުލީމާ ތަމްރީން:                              %26

-          މަސައްކަތުގެ ތަޖްރިބާ:                            %26

-          ލިބިފައިވާ ހުނަރު ( އިންޓަރވިއު  / ޕްރެކްޓިކަލްސް ):       %48

-          ނޯޓް ( މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދި ފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %35 ( ތިރީސްފަހެއް ) އިން ސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ. )

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 އެޕްރީލް 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ޅ. އޮޅުވެލިފުށީ ޞިއްޙީމަރުކަޒަށެވެ. ވަޒީފާ އެދޭ ފޯމާއި ލިޔުންތައް އީ މެއިލް ([email protected] ) އަދި ފެކްސް ( 6620399 ) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް  މީހަކު  ހޮވުމަށް  ބޭއްވޭ   އިންޓަރވިއު  އޮންނާނީ 05 މެއި 2019 އިން 10 މެއި 2019 އާއި ދެމެދު ޅ. އޮޅުވެލިފުށީ ޞިއްޙީމަރުކަޒުގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން ، އެ ތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

ޝޯޓްލިސްޓް ކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީގަޑީގައި 6620399  ނަމްބަރ ފޯނާއެވެ. ފެކްސްކުރާނެ ނަމްބަރަކީ 6620399، އީ މެއިލް ކުރާނީ  [email protected]އަށެވެ.

އިތުރު މަޢްލޫމާތު ހޯދުން:

 

13 ޝަޢުބާން 1440

18  އެޕްރީލް  2019

18 އޭޕްރިލް 2019
ހޯދާ