މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައިސްޕްލާންޓްގެ އިދާރީ އޮފީސް ޢިމާރާތްކުރުމާއިގުޅޭ

މިކައުންސިލުން ޤާއިމްކުރުމަށް ނިންމާފައިވާ އައިސްޕްލާންޓް ބެހެއްޓުމަށް ކަނޑައަޅާފައިވާ ބިމުގައި ޢިމާރާތްކުރަންޖެހޭ އައިސްޕްލާންޓްގެ އިދާރީ އޮފީސް އަމިއްލަ ތަކެތީގައި ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތުގެ ބީލަން ފޮތް ވިއްކުން ކުރިއަށްދާނީ 2019 އޭޕްރިލް 21 ވަނަ ދުވަހުން ފެށިގެން 2019 މެއި 05 ވަނަ ދުވަހުގެ ނިޔަލަށެވެ. ބީލަން ފޮތުގެ އަގަކީ -/500 (ފަސްސަތޭކަ) ރުފިޔާއެވެ.

މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 މެއި 09 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 މެއި 16 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމާއި ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކޮށް ބީލަން ހުށަހެޅޭނީ ކޮންމެ ފަރުދަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކޮށް ބީލަން ހުށަހެޅޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ. ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6580026 އާއި ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

18 އޭޕްރިލް 2019
ހޯދާ