ދިވެހިރާއްޖެ
މިކައުންސިލް އިދާރާގެ ނަންބަރު: (IUL)417-CA/417/2019/34 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިނުވާތީވެ އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މިރަށު ޖަހަލާ މަގުން (އިރުވައި ގެ ކައިރިން) ނެގިފައިވާ 03 ރުއް، ހޯނޑެއްދޫ އިޖުތިމާޢީ މަރުކަޒުގެ ގޯތި ތެރެއިން ކަނޑާލެވިފައިވާ 01 ރުއް އަދި 01 މިދިލި ގަސް (03 ބުރި) ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.
މި ނީލަމުގައި ބައިވެރިވެވޭނީ 2019 އެޕްރީލް 21 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ނީލަމުގައި ބައިވެރިވުމަށް އެދި މިއިދާރާއަށް ޙާޟިރުވެ، ނީލަމުގެ ޙާޟިރީގައި ސޮއިކުރާ ފަރާތްތަކަށް އެކަންޏެވެ. ގަޑި ޖެހިގެން އަންނަ ފަރާތްތަކަށް މިނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
ތިރީގައި މިވާ ތަކެތި ނީލަން ކިޔުން އޮންނާނީ، 2019 އެޕްރީލް 21 ވަނަ ދުވަހުގެ ހެނދުނު 10:15 ގައި މިކައުންސިލް އިދާރާ ގައެވެ.
ނީލަން ފެށޭ އަގު:
- ރުކެއް 50 (ފަންސާސް) ރުފިޔާ
- މިދިލި ގަހުގެ ބުރިއެއް 10 (ދިހައެއް) ރުފިޔާ
ނީލަމުން ނަގާ ތަކެއްޗަށް ރަސްމީ 02 ދުވަހުގެ ތެރޭގައި ފައިސާ ދައްކަންވާނެއެވެ. މި މުއްދަތުގައި ނީލަމުން ތަކެތި ނެގިފަރާތުން ތަކެއްޗަށް ފައިސާ ނުދައްކައިފިނަމަ، ދެވަނައަށް އެންމެ މަތިން ހުށަހެޅިފަރާތަށް ނީލަން ކާމިޔާބުވިކަމަށް ބަލައި ތަކެތި ދޫކުރެވޭނެއެވެ. އަދި ފައިސާ ދައްކާ ތާރީޚުން ފެށިގެން ގިނަވެގެން 05 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ.
ނީލަން ކާމިޔާބު ކުރުމަށްފަހު ފައިސާ ނުދައްކާ ފަރާތްތަކަށް މީގެ ފަހުން މިއިދާރާއިން ބާއްވާ ނީލަން ތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ. އަދި ފައިސާ ދެއްކެވުމަށްފަހު ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެތި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ނައްތާލެވޭނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.