ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހާފިޛުގެ ކެއުމާއި ހުރުން ހަމަޖެއްސުން

1440 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުލް ފުރުޤާނުގައި ހިފްޛްކޮށް އިމާމުވެ ތަރާވީހް ނަމާދު ކުރުމަށް ގެނެވޭ ހާފިޡްގެ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަން ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، މި އިޢުލާން އާއިއެކު ގެޒެޓްކުރެވިފައިވާ މައުލޫމާތުޝީޓަށް ބައްލަވައި 28 އޭޕްރީލް 2019 ވަނަ ދުވަހުގެ 11:15 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތުޝީޓު މިކައުންސިލްގެ އިދާރާގެ ނޯޓިސްބޯޑުގައި ބެހެޓިފައިވާނެއެވެ. އަދި މިކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއިދާރާގެ މީޓިން ރޫމްގައެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވަނީ ކުންފުނި / ކޯޕަރޭޓިވް އިން ނަމަ އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ ކުންފުނި / ކޯޕަރޭޓިވް ގެ ސިޓީއަކާއިއެކު ރަޖިސްޓްރީގެ ކޮޕީ (މުއްދަތު ހަމަނުވާ) ހުށަހަޅަންވާނެއެވެ. އަމިއްލަ މީހެއްގެ ނަމުގައި ހުށަހަޅާ އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ހުށަހަޅާ މީހާގެ ސިޓީއެއް، އަންދާސީ ހިސާބު ހިފައިގެން ކައުންސިލް އިދާރާއަށް ވަޑައިގަންނަވާ ފަރާތުން ހުށަހަޅަންވާނެއެވެ.

      ޕޮއިންޓް ދެވޭނެ މިންގަނޑު

 

  • ހުށަހަޅާ އަގު    0 ޕޮއިންޓް (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ލިބޭގޮތަށް)

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 އޭޕްރިލް 2019
ހޯދާ