ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާރކުގެ ވަށާފާރާއި ވޯކުވޭތައް ރާނާ ސިމެންތިޖަހާދޭނެ ފަރާތެއް ހޯދުން

                                                                             ނަންބަރު: (IUL)267/267/2019/13

 

 

 

އިޢުލާން

 

ކުޑަކުދިންގެ ޕާރކުގެ ވަށާފާރާއި ވޯކުވޭތައް ރާނާ ސިމެންތިޖަހާދޭނެ ފަރާތެއް ހޯދުން    

                މިކައުންސިލުގެ ފާރާތުން ދޭ ކުރެހުމަކާއި އެއްގޮތަށް މިކައުންސިލުން ތަރައްޤީކުރާ ކުޑަކުދިންގެ ޕާރކުގެ ވަށާފާރާއި ވޯކުވޭތައް ރާނާ ސިމެންތިޖަހާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

            ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށް ދިނުމަށް  ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 އޭޕްރީލް 23 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 އަށް މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 އޭޕްރީލް 28 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 ގައި އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑާއި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

          މިބީލަމަށް ކުރިމަތިލެވޭނީ ޤާނޫނު ނަމްބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި (8:00 - 14:00) މިކައުންސިލްގެ ނަމްބަރ 6520034 އާ ގުޅުއްވުން އެދެމެވެ. 

                       ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ

                              12 ޝައުބާން  1440

                              17 އޭޕްރީލް   2019

 

17 އޭޕްރިލް 2019
ހޯދާ