ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިޖުތިމާޢީ ސަރަޙައްދު ސާފުކޮށްދޭނެ 04 މުވައްޒަފުން ހޯދުމަށް އެދި

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާ

ބާރަށް، ދިވެހިރާއްޖެ.

SECRETARIATE OF BAARAH COUNCIL, NORTH THILADHUNMATHI

 

އިޢުލާން

ނަމްބަރު:  (IUL)257/257/2019/17

ވަޒީފާގެ ފުރުޞަތު

ތާރީޚް: 17 އޭޕްރީލް 2019

 

މަޤާމު:               މަސައްކަތު

މަޤާމުގެ ބާވަތް:        ކޮންޓްރެކްޓް

ބޭނުންވާ ޢަދަދު:        04

މަޤާމުގެ މުއްދަތު:       12 މަސް ދުވަސް

ވަޒީފާ އަދާކުރަންޖެހޭތަން:  ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ

މުސާރަ:                މަހަކު 3100.00 ރުފިޔާ

އިތުރު އިނާޔަތްތައް:       ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާއާއި އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ، މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް -/20 ރުފިޔާގެ އެލަވަންސް އެއް ލިބިދެވޭނެ.

މަސައްކަތްކުރަންޖެހޭ ގަޑި: ރަސްމީ ދުވަސް ދުވަހުގެ ހެނދުނު 08.00 ން 13.00 އަށް ދުވާލަކު 05 ގަޑި އިރު ( ކައުންސިލުން ހަމަޖައްސާ އުޞޫލުގެ މަތިން )

ފެންވަރު ނުވަތަ ޝަރުޠު: ހ.  އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން އެނގުން.

ށ. އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން.

ނ. ސަރުކާރުގެ ވަޒީފާއެއްގައި އުޅޭ މީހެއް ކަމުގައި ނުވުން.

 

މަސްއޫލިއްޔަތު:        ހ. ރަށުގެ ޖެޓީ  ސަރަޙައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން

                    ށ. އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން

                    ނ. ރަށުގައި ހުރި ކަޅުއޮށްފުންމި މަގާއި، ކަމަނާމަގާއި، ދެކޮޅު ދެ ކޮށިމަގު އަދި އުތުރު ފަސްގަނޑަށްދާ މަގާއި، ދެކުނު ވިލަށްދާމަގު ކައުންސިލުން އަންގާ ގޮތެއްގެ މަތީން ސާފުކޮށް ބެލެހެއްޓުން.

                    ރ. ވަޒީފާގެ ދާއިރާއާއި ގުޅުންހުރި އެހެނިހެން މަސައްކަތްތަށް.

ހުށަހަޅަންޖެހޭ ތަކެތި:

1-      ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި )

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

5-      ލިބިފައިވާ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ ނުވަތަ އެކަންބަޔާންކޮށް ހުށަހަޅާ ލިޔުން.

ތަކެތި ހުށަހަޅަންޖެހޭ ގޮތް: ވަޒީފާއަށް އެދޭ ފޯމް ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

ސޯޓްލިސްޓް ކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

       

                 12  ރަޖަބު 1440

                 17 އޭޕްރިލް 2019                    

             

 

                                                       ޚާދިމްކުމް

 

                                                       އާޞިފް ޢަބްދުﷲ

                                                      ކައުންސިލްގެ ރައީސް

17 އޭޕްރިލް 2019
ހޯދާ