ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ލޯކަލްމާރުކޭޓް ގޮޅިތަކަށް ކުރިމަތިލުމާބެހޭ

ކުޅުދުއްފުށީ ލޯކަލްމާރުކޭޓް ގޮޅިތައް ކުއްޔަށް ހިފަން އެދޭފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ ލޯކަލްމާރުކޭޓް ގޮޅިތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން 25 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ފޯމް ހުށަހެޅުއްވުން އެދެމެވެ. ކަމާގުޅޭފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ލޯކަލްމާރުކޭޓް ގޮޅިތަކާބެހޭ

ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ތަނުގެ މަޢުލޫމާތު

ރާއްޖޭގައި އުފައްދާ ތަކެތި ވިއްކުމަށް ޚާއްސަކުރެވިފައިވާ މާރުކޭޓް 32 ގޮޅި

ކުއްޔަށް ދޫކުރާ ތަނުގެ ކުލީގެ ޢަދަދު

ބަންދުކުރެވޭ 2 ގޮޅި: ގޮޅިއެއް މަހަކު -/1200 ރުފިޔާ

67 އަކަފޫޓުގެ 26 ގޮޅި: ގޮޅިއެއް މަހަކު -/1000 ރުފިޔާ

57 އަކަފޫޓޫގެ 4 ގޮޅި: ގޮޅިއެއް މަހަކު -/800 ރުފިޔާ

ކުއްޔަށް ދޫކުރާ މުއްދަތު

މީލާދީ 01 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް

ބަޔަކު ހޮވުމުގައި ޢަމަލުކުރާނެ އުޞޫލް

ކުރިމަތިލާ ފަރާތްތަކުގެ ޙާޟިރުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތްތަކަށް.

ތަން ކުއްޔަށް ހިފާފަރާތުގެ ކިބައިގައި ހުންނަންޖެހޭ ޚާއްސަ ޝަރުތު

  • ގަވައިދާ ޚިލާފްވެގެން ކުޅުދުއްފުށި ކައުންސިލް އިދާރާއިން ކުރެވިފައިވާ ޖުރުމަނާއެއް ނުދައްކާވާ ފަރާތެއްކަމުގައި ނުވުން
  • ކޯޓުއަމުރެއްގެ ދަށުން ކައުންސިލް އިދާރާއަށް ދައްކަންޖެހޭ ފައިސާއެއް އޮތް މީހަކުކަމުގައި ނުވުން
  • ކޯޓު އަމުރެއްގެ ދަށުން ކައުންސިލް އިދާރާއަށް ދައްކަންޖެހޭ ފައިސާއެއް ދެއްކިތާ އެއްއަހަރު ދުވަސްވެފައިވާ މީހަކުކަމުގައި ވުން.
  • ޖިނާއީ ޙުކުމެއް ތަންފީޒުކުރަމުންދާ މީހެއްކަމުގައި ނުވުން އަދި އެފަދަ ހުކުމެއް ތަންފީޒުކުރިތާ 01 އަހަރު ވެފައިވާ މީހަކުކަމުގައި ވުން.

 

ލޯކަލް މާރުކޭޓް ގޮޅިތައް ކުއްޔަށްދޫކުރެވޭ ދުވަހުން ފެށިގެން ހޮނިހިރު ބާޒާރު ސަރަޙައްދުގައި ތަކެތި ވިއްކުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަމްބަރ 6527174 ފޯނަށް ގުޅުއްވުން އެދެމެވެ.

17 އޭޕްރިލް 2019
ހޯދާ