ދިވެހިރާއްޖެ
ކ.ހުރާ ހިނަވާގެ އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ
މި ރަށުގައި އަލަށް ޢިމާރާތް ކުރެވޭ ހިނަވާގެ ޢިމާރާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)334/334/2019/34 އިއުލާނާއި ގުޅިގެން އެއްވެސްފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީވެ އެ އިއުލާން ބާތިލްކޮށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
22 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 8.30 އިންފެށިގެން 25 އޭޕްރިލް 2019 ވާ ބުރާސްފަތި ދުވަހުގެ 13.30ގެ ނިޔަލަށް މިކައުންސިލުން ބިޑްފޯމު ލިބެން ހުންނާނެއެވެ. ބިޑްފޯމެއްގެ އަގަކީ -/100ރުފިޔާ އެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 21 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މި ކައުންސިލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތް ތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންވަމެވެ.
11 ޝައުބާން 1440
16 އޭޕްރީލް 2019