ނެއްލައިދޫ ސްކޫލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދުމަށް

ނެއްލައިދޫ ސްކޫލް

 ހދ.ނެއްލައިދޫ ،ދިވެހިރާއްޖެ.                                                          ނަންބަރު : GS93/I/2019/17

އިޢުލާން.

އަންދާސީ ހިސާބު ބޭނުންވެއްޖެ.

            މިސްކޫލުގެ ނަންބަރު GS93/I/2019/13  ( 21 މާރިޗު 2019 ) އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ ދެވަނަފަހަރަށް ކުރެވުނު މިސްކޫލުގެ ނަންބަރު GS93/I/2019/14  ( 28 މާރިޗު 2019 ) އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ އެފުރުސަތެއް އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ. މިސްކޫލުގެ ތިރީގައި މިދަންނަވާ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  1. ސްޓާފް ރޫމް މަރާމާތުކުރުން

            މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2019 އެޕްރީލު 23 ވާ އަންގާރަދުވަހުގެ ހެނދުނު 10.00 ގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 2019 އެޕްރީލު 29 ވާ ހޯމަދުވަހު ހެނދުނު 10.00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފްކުރުން އޮންނަދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފްކުރާ ފަރާތްތަކަށެވެ.

             އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިސްކޫލުގެ ނަންބަރު 6520534 ފޯނާއި ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 އެޕްރީލު 2019

12 ޝަޢުބާން 1440

އިބްރާޙީމް ނަސީމް

ޕްރިންސިޕަލ

17 އޭޕްރިލް 2019
ހޯދާ